ފަސް ގައުމަކަށް ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ގޮތެއް ނިންމެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރަން ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައީސް ނޮން ރެޒިޑެންޓް ސަފީރުން ކަނޑައަޅުއްވަން ފޮނުވާފައި ވަނީ، ބުރުނާއީ، ލަގްޒަމްބާގް، ނެދަލޭންޑްސް، ފްރާންސް އަދި އޮސްޓްރޭލިއާއަށެވެ.
- މެލޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ ބުރުނާއީގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް
- ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ގީލާ އަލީ، ލަގްޒަމްބާގް އަދި ނެދަލޭންޑްސްގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް
- އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް، ފްރާންސްގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް
- ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު، އޮސްޓްރޭލިއާގައި ހުންނަވާ ނޮންރެޒިޑަންޓް ސަފީރުކަމަށް
ސަފީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު