އިންޑިއާގެ ވެރިރަށް، ނިއުދިއްލީގެ ރޭލު ސްޓޭޝަނެއްގައި ފިތި ބާރުވެގެން 18 މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ ރޭލު ސްޓޭޝަންގައި މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ގިނަ އަދަދެއްގެ ބަޔަކު ފުރަން ތައްޔާރުވެފައި އޮތް ދެ ރޭލަކަށް އެރުމަށް މަސައްކަތް ކުރަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި ރޭލަށް އެރުމަށް މަސައްކަތް ކުރި މީހުންގެ ތެރެއިން މަރުވެފައިވާ މީހުންގެ ތެރޭގައި ނުވަ އަންހެނުންނާއި ފަސް ކުޑަކުދީންވެސް ހިމެނޭ ކަމަށް އޮފިޝަލުން ބުނެއެވެ.

ދިއްލީގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ވަނީ މި ހާދިސާ ހިނގާން މެދުވެރިވެފައިވަނީ ރޭލަށް މީހުން އެރުމަށް މަސައްކަތްކުރި ވަގުތު މީހުން ގިނަވެ ކޮންޓްރޯލުން ނެއްޓުމުން ކަމަށް ރިޕޯޓުކޮށްފައެވެ.