އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ)ތައް ބާރުވެރިިކޮށް، ރަސްމީ މުސަރަ އާއި ރަމަޟާން މަހުގެ އިނާޔަތް ލިބޭ ގޮތް ހެދުމަށް ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ، މައްޗަންގޮޅީ މެދު ދައިރާގެ މެންބަރު އަހުމަދު ޒަމީރެވެ.
މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، ޑަބްލިޔުޑީސީތަކުގެ ދައުރު އިިތުރަށް ސާފުކޮށް ގާނޫނުގައި ބަޔާންކޮށް، އެ ކޮމިޓީތައް ބާރުވެރިކުރުވުން ކަމަށެވެ.
މި ބިލުގައި ހިމެނޭ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި، ކޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށް، ކޮމިޓީތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމާއި، ކޮޮމިޓީތަކުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބޭނުންވާ އިދާރީ އެހީތެރިކަމާއި ވަސީލަތްތަކާއި ތަމްރީން ފަދަ ކަންކަން ކައުންސިލްތަކުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަމަޖައްސައިދިނުމާ ބެހޭ އުސޫލުތައް ހިމެނެއެވެ.
ކައުންސިލުތަކަށް ސަރުކާރުންދޭ ހިލޭ އެހީގެ ފައިސާގެ ތެރެއިން ކޮމިޓީތަކުގެ ހަރަކާތްތައް ހިންގުމަށް ދޭންޖެހޭ ފައިސާ ދޫކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރުމުގެ ގޮތުން އެ ފައިސާ ދޫކުރާނެ ގޮތްތަކާއި، އެ ފައިސާ ކޮމިޓީތަކުން ބޭނުންކުރުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުމުގެ އިތުރުން ކޮމިޓީތަކުގެ މެންބަރުންނަަށް ރަމަޟާންމަހުގެ އިނާޔަތް ދިނުމުގެ އުސޫލުތައް ހިމެނުންވެސް މި އިސްލާހު ގެނައުމުގެ ބޭނުންތަކުގެ ތެރޭގައިި ހިމެނެއެވެ.
ގާނޫނުގެ 6-56 މާއްދާގެ (މ) ގައި މިހާރު ބުނަނީ، އެލްޖީއޭގެ ލަފާގެ މަތިން ޑަބްލިޔުޑީސީގެ މެންބަރުންނަށް ފިނޭންސް މިނިސްޓްރީން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ. ނަމަވެސް ރަމަޟާންމަހުގެ އިނާޔަތުގެ ވާހަކައެއް ގާނޫނަކު ނޯވެއެވެ.
މި މާއްދާއަށް ގެންނަން ބިލުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، އަންހެނުންގެ ތަރައްގީއަަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް، އެލްޖީއޭގެ ލަފާގެ މަތިން ނޭޝަނަލް ޕޭ ކޮމިޝަނުން އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންވާނެ ކަމަށެވެ. އަދި މި މައްދާގެ (ފ)ގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު، ރަމަޟާންމަހުގެ އިނާޔަތް ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
އަދި މި މާއްދާގެ (ފ) އަށް ގެންނަ އިސްލާހެއްގެ ގޮތުގައި، ޑަބްލިޔުޑީސީގެ މެންބަރުންގެ ތެރެއިން އެހެން ގާނޫނެއްގެ ދަށުން ރަމަޟާންމަހުގެ އިނާޔަތް ލިބިނުދެވޭ ކޮންމެ މެންބަރަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާންް މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު