މަގުބޫލު އެކްޓްރެސް އާލިޔާ ބަޓް، މިވަގުތު ކުރަމުން އަންނަނީ ސަންޖޭ ލީލާ ބަންސާލީގެ "ލަވް އެންޑް ވޯރ" މަސައްކަތެވެ. މި ފިލްމުގައި އޭނާއާއެކު ރަންބީރު ކަޕޫރު އަދި ވިކީ ކައުޝަލް ވެސް އުޅޭނެއެވެ. އޭނާ މި ފިލްމަށް 200 އަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު މި ފިލްމުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ އޮކްޓޯބަރު މަހުގައެވެ.
ރިޕޯޓުތަކުގައިވާ ގޮތުން، "ލަވް އެންޑް ވޯރ" ގެ ފަހުން އޭނާ ވަނީ ގައުމީ އިނާމު ކާމިޔާބުކޮށްފައިވާ ޑައިރެކްޓަރު، ނާގް އަޝްވިންއާއެކު ކުރިއަށް އޮތް ފިލްމަކާ ބެހޭގޮތުން ފުން މަޝްވަރާތަކެއް ކޮށްފައެވެ.
ބޮލީވުޑް ހަބަރުތަކުގައިވާ ގޮތުގައި، "ކަލްކީ 2898 އޭޑީ" ގެ ދެން އޮތް ބަޔަށް މަސައްކަތްކުރުމުގެ ކުރިން، ނާގް އަޝްވިން ވަނީ އާލިޔާ ބަޓްއާއެކު އާ ފިލްމެއް ޑައިރެކްޓްކުރުމަށް ރާވާފައެވެ. މި ޕްރޮޖެކްޓްގެ ތަފްސީލުތައް މިވަގުތު ސިއްރުކޮށްފައިވީ ނަމަވެސް، ނާގް އުފައްދަން ބޭނުންވާ ޔުނީކް ދުނިޔެއާ ބެހޭގޮތުން އާލިޔާ ވަނީ ވަރަށް ޝައުގުވެރިވެފައެވެ.
މިދިޔަ އަހަރު، އަބީޝެކް ޕާތަކްގެ ލޯބީގެ ފިލްމު "ހައުސްވައިފް" ގައި ބައިވެރިވުމަށް އާލިއާ ނިންމި ނަމަވެސް ފަހުން އެކަން ކެންސަލްވިއެވެ.
އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "އަލްފާ"، "ލަވް އެންޑް ވޯރ"، ނާގް އަޝްވިންގެ ފިލްމު، އަދި މެޑޮކްގެ ހޮރަރ-ކޮމެޑީ ފިލްމު "ޗަމުންޑާ" ހިމެނެއެވެ.
ރިޕޯޓުތަކުގައިވާ ގޮތުން ނާގް އަޝްވިން ވަނީ "ކަލްކީ 2898 އޭޑީ" ގެ ސީކުއަލްގެ މަސައްކަތް ފެށިފައިވާކަން ކަށަވަރުކޮށްދީފައެވެ. ޓީމުން މިހާރު އަންނަނީ ސްކްރިޕްޓް ތައްޔާރުކުރަމުންނެވެ. އަދި އުންމީދުކުރެވުނު ވަގުތަށްވުރެ އަވަހަށް މި ފިލްމު ރިލީޒްކުރުމަށް ވަނީ ރޭވިފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން