އައިޖީއެމްއެޗު ކައިރީގައި މީހަކު ހުއްޓާ، އޭނާގެ ބޮލުގައި މަރުތޭލަކުން ޖަހައި ޒަހަމްކޮށްލުމަށް ފަހު، ފިލަން މެލޭޝިއާއަށް ދިޔަ މީހާ މިއަދު ރާއްޖެ އައުމާ އެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލަކު، ދިގުވާނޑު. ބަނަފްސާގެ، ހުސައިން އަރީޝް 31 އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލޭގައި މިހާރު ހިނގަމުންދާ މާރާމާރީ ތަކުގެ ތުހުމަތުކުރެވޭ އަދި ނުރައްކާތެރި ކުށްތަކަށް އަރައިގަތުމައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ 31 އަހަރުގެ ދިވެހި ފިރިހެނަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ނެރެފައިވަނިކޮށް މެލޭޝިއާއަށް ދިއުމުން އެ ގައުމުން އޭނާ ހުއްޓުވައި އެހެން ފްލައިޓެއްގައި ރާއްޖެ ގެނެސްގެން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އަރީޝަކީ، ޑްރަގާއި އަނިޔާއެއް ދިނުމާއި ތޫނު ހަތިޔާރު ގެންގުޅުމުގެ 28 ކުށުގެ ރެކޯޑް އޮތް މީހެކެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.
މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ، އައިޖީއެމްއެޗު ކައިރީގައި ހުރި މީހަކަށް އަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. އޭގެ ތެރެއިން މަރުތޭލުން އެ މީހާގެ ބޮލުގައި ޖެހީ ސައިކަލުގެ ފަހަތުގައި އިށީނދެގެން އިން މީހާ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު