ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި ރޯކޮށްލި މީހާގެ ބަންދަށް 15 ދުވަސް ޖަހައި ދައުވާކުރަން ފޮނުވައިފިއެވެ.

މި މައްސަަލައިގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް ފުނާޑު/ ހެޕީލައިފް، ރިލުވާން އަލީއެވެ. ފުލުހުން ބުނާ ގޮތުން އޭނާއަކީ ކުށްކުރާ ޖަމާއަތެއްގެ މީހެކެވެ.

ފުލުހުން އޭނާއަށް ތުހުމަތު ކުރަނީ ޖަނަވަރީ މަގު، ވެލިގާ ހާޑްވެއާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި ރޯކޮށްލިކަމުގެ ތުހުމަތެވެ. ފުލުހުން ބުނެފައިވާ ގޮތުން ރިލްވާން ރޯކޮށްލި ސައިކަލަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތުގެ ކުރީގެ ފިރިމީހާގެ ސައިކަލެކެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ބަންދުގެ އަޑުއެހުމުގައި އޭނާ ވަނީ ކުރި ކުށަށް އިއުތިރާފުވެ، އެއީ ބަނގުރާ ބޮއިގެން ހުރެ ކުރެވުނު ކަމެއް ކަމަށް ބުނެފައެވެ. ބަންދުގެ އަޑުއެހުމުގައި ފުލުހުން ބުނީ މުދަލަށް ގެއްލުންދީ ހުޅުޖެހުމުގެ މައްސަލައިގައި އޭނާއަށް ދައުވާ ކުރުމާމެދު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއެކު މަޝްވަރާކުރަން ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދިނެވެ.