ޖަނަވަރީ 16 ވަނަ ދުވަހު މުމްބާއީގައި ހުރި ސައިފް އަލީ ޚާންގެ ގެއަށް ވައްކަން ކުރަން ވަދެ ސައިފަށް ހަމަލާދިން މީހާއާ ގުޅޭ އެންމެ ފަހުގެ އަޕްޑޭޓް ފުލުހުން ދީފިއެވެ. އެގޮތުން ފުލުހުންނާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ބުނާ ގޮތުގައި ޝައްކު ކުރެވޭ، ބަންގްލަދޭޝްގެ ޝަރީފުލް އިސްލާމްގެ އިނގިލީގެ ނިޝާންތައް އެކްޓަރުގެ ގެއިން ފެނުނު އިނގިލީގެ ނިޝާންތަކާ ދިމާވާކަން ފޮރެންސިކް ތަހުލީލުތަކުން ވނީ ކަށަވަރުވެފައެވެ.
ހަބަރުތައް ބުނާ ގޮތުގައި، ޖަނަވަރީ 16 ވަނަ ދުވަހު ހިނގި ހާދިސާގައި ގެއަށް ވަދެގަތް މީހާއަކީ ކާކުކަން ސައިފުގެ މުވައްޒަފުން ކަމަށްވާ އެލަޔާމާ ފިލިޕް އާއި އާޔާ ޖުރޫ ވަނީ ދެނެގަނެފައެވެ.
ތަހުގީގުގެ ބައެއްގެ ގޮތުން، ޝައްކު ކުރެވޭ މީހާ ދެނެގަތުމަށް ޓަކައި އޭނާ އެހެން މީހުންނާއެކު ބަހައްޓައިގެން އައިޑެންޓިފިކޭޝަން ލައިންއަޕެއް ކުރިއަށް ގެންދެވުނު ކަމަށާއި މި ހާދިސާއަށް އެންމެ ފުރަތަމަ އިޖާބަދިން ފަރާތްތަކަށް ޝަރީފުލް ކާމިޔާބުކަމާއެކު ދެނެގަނެވުނު ކަމަށްވެސް ވެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި، ސައިފްގެ ގޭގައި އުޅޭ މުވައްޒަފުން ވެސް ވަނީ، ހައްޔަރުކުރި މީހާ އަކީ އެރޭ އެގެޔަށް ވަން މީހާކަން ކަށަވަރުކޮށްދީފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން