ގައުމު ނުދަރާ ސަލާމަތްވާން ދިމާވި އެންމެ ބޮޑު ނަސީބަކީ އިހުލާސްތެރި ރައީސެއް ލިބުން ކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތައުރީފުކުރައްވައިފިއެވެ.
މިރޭ ބޭއްވި ރިޔާސީ ބަޔާން ފޯރަމް 2025 ގައި ވާހަކަދައްކަވަމުން، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި ވެސް އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއާއި އެހެނިހެން ކޮމިޓީތަކުގައި މަސައްކަތްކުރެއްވި އިރުވެސް މިހާރު ފެންނަ މަންޒަރުތައް އޭރު ފެނިފައިނުވާ ކަމަށެވެ.
"ދަންނަވަން އެބަ އެނގޭ ގާތްގަނޑަކަށް ޑިމޮކްރެޓިކް ކުރު ހަޔާތުގައި، އާ ގާނޫނުއަސާސީ އެކްޓިވޭޓްވުމަށްފަހު ނިމިގެން މިދިޔަ ދުވަސްވަރުގައި އަޅުގަނޑަށް ކަށަވަރުކޮށް ދަންނަވަން އެނގޭ މިހާ ހޭންޑްސްއޮންކޮށް ރައްޔިތުންނަށް ވައުދުތަކެއް ވެގެން، ހާއްސަގޮތެއްގައި މާލީ ހާލަތެއް މިވަރަށް ވެއްޓިފައި އޮއްވައި ގައުމު ނަގައި ނުދަރާ ސަލާމަތްކުރަން އިރާދަކުރެއްވީތީ މިހެން ދާން ދިމާވި އެންމެ ބޮޑު ނަސީބަކީ ގައުމަށް އިހުލާސްތެރި ރައީސެއް އަޅުގަނޑުމެންނަށް ލިބުން،" މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އެ ދެއްވީ އުންމީދު ކަމަށާއި އެ ވިދާޅުވަނީ ހުރިހާ ކަމެއް ކެތްތެރިކަމާއެކު ވިސްނުންތެރިކަމާއެކު މެނޭޖުކޮށް، ކުރިއަށްދިއުމަށްޓަކައި މަސައްކަތްތައް ތަރުތީބުކުރެވިފައިވާ ވާހަކަފުޅު ކަމަށެވެ. އަދި މިދިޔަ މުއްދަތުގެ ތެރޭގައި ރައީސް އެތައް މަސައްކަތެއް ކުރައްވާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ވަރަށް އާދަޔާހިލާފު، ހަމަ ހަގީގަތުގައި ވެސް ރެޔާދުވާލު 24 އަވާސްއެއްގައި އަޅުގަނޑަށް ޔަގީން ރައީސް ވަރަށް މަދު ގަޑިކޮޅެއްގައިކަން އަވަހާރަޕުޅު ލައްޕަވާނީ. ވަރަށް ގިނަ މަސައްކަތް އެ މަނިކުފާނު އެ ކުރައްވަނީ. ކެބިނެޓުގައި ކޮންމެ ސަންޑޭއެއްގައި އެބަދޭ ހަމަ މި ޑީޓެއިލްއަށް، ހުރިހާ އެއްޗެއް،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެ ކުރިން ޔާމީން ސަރުކާރުގައި މަސައްކަތްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މިހާ ތަފްސީލީ ގޮތެއްގައި މިނިސްޓްރީތަކުގެ މަސައްކަތްތައް ބެއްލެވި ރައީސަކީ ރައީސް މުއިއްޒު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު