ވަން އޮންލައިންގެ ފަރާތުން ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ، "ކުޑަކުދީންގެ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް 1446"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތަކީ، ކުޑަކުދީންގެ ހިތްތަކުގައި ކީރިތި ގުރުއާނަށް ލޯބި ޖެއްސުމާއި، ތަޖުވީދުގެ ހަމަތަކުގެ މަތިން، ކީރިތި ގުރުއާން ކިޔެވުމަށް ހިތްވަރުދީ، ކީރިތި ގުރުއާންގެ އިލްމު މުޖުތަމައުގައި ފެތުރުމުގެ މަގުސަދުގައި ގެނެސްދޭ މުބާރާތެކެވެ.
- ހަ އަހަރުން ދަށުގެ އުމުރުފުރާ: މުގައްރަރަަކީ، ސޫރަތުލް ބަލަދް އިން ފެށިގެން ސޫރަތުއްނާސީގެ ނިޔަލަށް
- އަށް އަހަރުން ދަށުގެ އުމުރުފުރާ: މުގައްރަރަކީ، ސޫރަތުލް އައުލާއިން ފެށިގެން ސޫރަތުއްނާސީގެ ނިޔަލަށް
- 12 އަހަރުން އދަށުގެ އުުމުރުފުރާ: މުގައްރަރަކީ، ސޫރަތުލް އިންޝިގާގުން ފެށިގެން ސޫރަތުއްނާސީގެ ނިޔަލަށް
މީގެ ތެރެއިން ހަ އަހަރުންދަށުގެ އުމުރުފުރާ ހާއްސަކޮށްފައިވަނީ ހިތުން ކިޔުމުގެ ބައެއްގެ ގޮތުގައެވެ. ދެން ހިމެނޭ 8 އަހަރުންދަށުގެ އުމުރުފުރާ އާއި 12 އަހަރުން ދަށުގެ އުމުރުފުރާގައި ކިޔަވާނީ ބަލައިގެންނެވެ.
މި މުބާރާތުގައި އެ އުމުރުފުރަޔަކަށް ހާއްސަ މުގައްރަރުގައި ހިމެނޭ ސޫރަތްތަކުގެ ތެރެއިން އެ ކުއްޖަކު ބޭނުންވާ ސޫރަތެއް ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ.
ކޮންމެ އުމުރުފުރަޔަކުން އެއްވަނަ ދެވަނަ ތިންވަނަ ހޮވާނެއެވެ. އަދި މުބާރާތުގައި ބައިވެރިވާ ހުރިހާ ކުދީންނަށްވެސް ބައިވެރިވިކަމުގެ ހަނދާނީ ލިޔުން ލިބޭނެ އެވެ. މި މުބާރާތުގައި ބައިވެރިވާ ކުދީން ކިޔަވާ ވީޑިއޯތައް ވަން މީޑިއާ ގުރޫޕުގެ ސޯޝިއަލް މީޑިއާ ޕްލެޓްފޯމުތަކުގައިވެސް ހިއްސާ ކުރާން ވަނީ ހަމަޖައްސައިފައެވެ.
މި މުބާރާތުގައި ވަަނަ ހޮވުމުގައި މާކްސް ދޭނީ ސޫރަތުގެ ދިގުމިނަށާއި، ތަޖުވީދުގެ ހަމަތަކަށް ބަލައިގެންނެވެ.
މި މުބާރާތުގައި ކުދީން ބައިވެރިކުރުމަށް އެދޭ ފަރާތްތަކުން، ކުއްޖާ ބައިވެރިވާން ބޭނުންވާ އުމުރުފުރާ އެނގޭނެހެން، ނަމާއި އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރު ޖަހައި، ކުއްޖާގެ އައިޑެންޓިޓީ ކާޑުގެ ދެފުށް ފެންނަ ކޮޕީއެއް، ފޯނު ނަމްބަރު 7529933 އަށް ވައިބާ ނުވަތަ ވަޓްސްއަޕް ކުރެއްވުން އެދެމެވެ. އަދި ނަންބަރަށް ގުޅުމުން މުބާރާތާ ބެހޭ އިތުރު މައުލޫމާތު ވެސް ލިބޭނެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 20 ގެ ނިޔަލަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު