2004 ގައި، ޝާހުރުކް ޚާން ފުރަތަމަ ފަހަރަށް ފަރާ ޚާނާއެކު މަސައްކަތްކުރީ އެކްޝަން މުނިފޫހިފިލުވުމުގެ ފިލްމެއް ކަމުގައިވާ 'މެއި ހޫން ނާ' ގައެވެ. މި ފިލްމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ލިބުނު ފިލްމެކެވެ. އަހަރުތަކެއް ވާންދެން، ޝާހު އާއި ފަރާ ވަރުގަދަ ޓީމެއްގެ ގޮތުގައި މަސައްކަތްކުރިއެވެ.

ފާއިތުވި ދުވަސްތަކުގައި، ފަރާ ޝާހުއާއެކު ޕްރޮޖެކްޓެއް ފެށުމަށް މަސައްކަތްކުރާ ކަމުގެ ވާހަކަތައް ދެކެވެމުން ދިޔައެވެ. މިހާރު، ބޮލީވުޑްގެ ބައެއް ހަބަރުތައް ބުނާ ގޮތުގައި ފަރާ މަސައްކަތްކުރަމުންދަނީ 'މެއި ހޫން ނާ' ގެ ދެވަނަ ބަޔަށް ބޭނުންކުރެވިދާނެ ރަނގަޅު ސްކްރިޕްޓެއްގެ މައްޗަށެވެ.

މި ފިލްމާ ގާތުން މަސައްކަތްކުރާ ފަރާތްތަކާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުގައި، 'މެއި ހޫން ނާ 2' މިހާރު ވަނީ ރެޑް ޗިލީސްގައި ތަރައްގީކުރުމުގެ މަރުހަލާގައެވެ. އެގޮތުން މެއި ހޫން ނާ އަކީ ޝާހު އާއި އޭނާގެ އަންހެނުން ގޯރީ، އެމީހުންގެ ރެޑް ޗިލީސް އެންޓަރޓެއިންމަންޓްގެ ދަށުން އުފެއްދި ފުރަތަމަ ފިލްމުކަމަށާއި އަދި މި ފިލްމަކީ އެމީހުންގެ ހިތާ ވަރަށް ގާތް ފިލްމެއްކަމަށް ހަބަރުތައް ބުނެއެވެ.

ފަރާ ވަނީ 'މެއި ހޫން ނާ 2' އަށް އާ ހިޔާލެއް ހޯދާފައިކަމަށާއި ޝާހުއަށް ވެސް އެ ހިލާޔު ކަމުގޮސްފައިވާ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.

ޝާހު ވަނީ، ފަރާ އަށާއި ލިޔުންތެރީންގެ ޓީމުގެ ކިބައިން ތެދުވެރިކަމާއެކު ސްކްރީންޕްލޭގެ މައްޗަށް މަސައްކަތްކޮށް، ފުރަތަމަ ބައިގެ އަސަރު ދެވަނަ ބައިގައި ގެނެސްދިނުމަށް އެދިފައިވާކަމަށްވެއެވެ.

ޝާހު އާއި ފަރާ ކުރިން މަސައްކަތްކޮށްފައިވަނީ 'މެއި ހޫން ނާ'، 'އޯމް ޝާންތި އޯމް' އަދި 'ހެޕީ ނިއު އިޔަރ' ގައެވެ.