ސައިފް އަލީ ޚާން ވަނީ ސިއްދާރުތް އާނަންދާ އަލުން ގުޅި، ފިލްމް 'ޖުވެލް ތީފް: ދަ ހައިސްޓް ބިގިންސް' އުފެއްދުމަށް ތައްޔާރުވެފައެވެ. މި ފިލްމު އިއްޔެ ވަނީ ރަސްމީކޮށް އިއުލާނުކޮށްފައެވެ. ސައިފް އަދި ޖައިދީޕް އަހްލަވާޓް ފީޗާކޮށްފައިވާ ފުރަތަމަ އިޝްތިހާރު ވެސް ވަނީ ނެރެފައެވެ.
މި އިޝްތިހާރުގައި ވަނީ އެކްޝަނާއި ސަސްޕެންސް ފުރިހަމައަށް ހިމެނިފައެވެ. މަންޒަރު ބަލާ މީހުނަށް މުނިފޫހިފިލުވައިދޭ ތަޖުރިބާއެއް ލިބިދޭނެކަމުގެ ޔަގީންކަން ދެއެވެ.
"ޖުވެލް ތީފް - ދަ ހައިސްޓް ބިގިންސް" ގެ އުފެއްދުންތެރިން ވަނީ "ނެކްސްޓް އޮން ނެޓްފްލިކްސް" ހަފުލާގައި ރަސްމީ އިޝްތިހާރުވެސް ނެރެފައެވެ. 1 މިނެޓާއި 7 ސިކުންތުގެ މި އިޝްތިހާރުގައި ދައްކައިދެނީ ސައިފް އަދި ޖައިދީޕް "ރެޑް ސަން" ވަގަށް ނެގުމަށް ބޮޑު މިޝަނެއްގައި މަސައްކަތްކުރާ މަންޒަރެވެ. ސައިފް ފެންނަނީ ތަފާތު ސިފަސިފައިގައެވެ.
މި އިޝްތިހާރުގައި ކުނާލް ކަޕޫރު އަދި ނިކިތާ ދައްތާ ވެސް ފެނެއެވެ. މި އިޝްތިހާރުގައި މަތީ ފެންވަރުގެ އެކްޝަނާއި، ފަހަތުން ދުވާ ހިތްގައިމު މަންޒަރުތަކާއި، ޑާންސް މަންޒަރެއްގެ ބައެއް ދައްކުވައިދެއެވެ.
ފިލްމް ޑައިރެކްޓްކޮށްފައިވަނީ ކޫކީ ގުލާޓީ އަދި ރޮބީ ގްރޭވާލް އެވެ.
ޕްރޮޑިއުސަރުން ކަމުގައިވާ ސިއްދާރުތް އަދި މަމްތާ އާނަންދް ވަނީ 'ޖުވެލް ތީފް: ދަ ހައިސްޓް ބިގިންސް' އާއެކު އޯޓީޓީ ދާއިރާއަށް ކުރާ ފުރަތަމަ ތައާރަފާ މެދު އުފާވެރިކަން ފާޅުކޮށްފައެވެ. އެމީހުން މި ފިލްމު ސިފަކޮށްދިނީ އެކްޝަނާއި، ސަސްޕެންސާއި، އަދި ސިއްރުވެރިކަން އެކުލެވޭ، ސިނަމާގެ ތަޖުރިބާއެއް ފޯރުކޮށްދޭ ޝައުގުވެރި މަސައްކަތެއްގެ ގޮތުގައެވެ.
މި ފިލްމު ފިލްމު ނެރޭނެ ތާރީހެއް އިއުލާނުކޮށްފައެއް ނުވެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން