ނެޓްފްލިކްސް އިންޑިއާއިން އިއްޔެ ވަނީ އެ ޕްލެޓްފޯމުގައި ފެންނާނެ ފާހަގަކޮށްލެވޭ ފްރޮޖެކްޓްތަކުގެ މުހިންމު އަޕްޑޭޓެއް ދީފައެވެ. އިބްރާހިމް އަލީ ޚާން އަދި ޚުޝީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ނާދާނިޔާން" އިން ފެށިގެން އާރްޔާން ޚާން ފުރަތަމަ ޑައިރެކްޓް ކުރާ ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް" އާ ހަމައަށް، ކޮންމެ މީހަކަށްވެސް ކަމުދާނެ އެއްޗެއް ހުންނާނެއެވެ.

"ނެކްސްޓް އޮން ނެޓްފްލިކްސް" ގާލާގައި ނެޓްފްލިކްސް އިން އިއުލާނުކުރީ އެމީހުންގެ އަތުގައި 6 ފިލްމާއި، 13 ސީރީސްއާއި، ކުރު ފިލްމަކާއި 5 އަންސްކްރިޕްޓެޑް ޝޯއާއި، އަދި ލައިވް ޝޯއެއް އޮތް ކަމަށެވެ.

ޝައުނާ ގައުތަމް ޑައިރެކްޓްކުރާ "ނަދާނިޔާން" އަކީ ކަރަން ޖޯހަރް، އަޕޫރްވާ މެހެތާ، އަދި ސޯމެން މިސްރާ ޑަރްމެޓިކް އެންޓަޓެއިންމަންޓްގެ ކުޑައިގެ ދަށުން އުފައްދާ ފިލްމެކެވެ. އިބްރާހިމް އަލީ ޚާން އަދި ޚުޝީ ކަޕޫރް މުހިންމު ރޯލުތައް އަދާކުރާއިރު، މަހީމާ ޗައުދަރީ، ސުނިލް ޝެޓީ، ދިއާ މިރްޒާ އަދި ޖުގަލް ހަންސްރާޖް މި ފިލްމުން ފެންނާނެއެވެ.

މީގެ އިތުރުން، މި މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމުގައި "އާޕް ޖެއިސާ ކޯއީ"، "ދޫމް ދާމް"، "ޖުވެލް ތީފް - ދަ ހައިސްޓް ބިގިންސް"، "ޓެސްޓް" އަދި "ޓޯސްޓަރ" ފަދަ ފިލްމުތައް ބެލުމުގެ ފުރުސަތު ލިބޭނެއެވެ.

ޝާރުޚް ޚާންގެ ދަރިފުޅު، އާރްޔާން ޚާން، ވަނީ "ދަ ބޭޑްސް އޮފް ބޮލީވުޑް" ސީރީސްއާއެކު އޭނާގެ ފުރަތަމަ ޑައިރެކްޓަރުކަން ކުރުމަށް ތައްޔާރުވެފައެވެ. މި ސީރީސް އުފައްދާފައިވަނީ ގައުރީ ޚާން، ރެޑް ޗިލީސް އެންޓަރޓެއިންމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ދަށުންނެވެ.

"އައްކާ"، "ބްލެކް ވޮރަންޓް"، "ދައްބާ ކާޓެލް"، "ދިއްލީ ކްރައިމް ސީޒަން 3"، "ގްލޯރީ"، "ކަކީ: ދަ ބެންގާލް ޗެޕްޓަރ"، "ކޯރާ ސީޒަން 2"، "މަންޑަލާ މަރޑަރސް"، "ރާނާ ނައިޑޫ ސީޒަން 2"، "ސާރޭ ޖަހާން ސޭ އައްޗާ"، "ސުޕަރ ސުއްބޫ" އަދި "ދަ ރޯޔަލްސް" ފަދަ އެހެން ސީރީސްތައްވެސް ނެޓްފްލިކްސް އިން މިއަހަރު ފެންނާނެއެވެ.

އޮސްކާ އަށް ނޮމިނޭޓްވެފައިވާ ކުރު ފިލްމު "އަނޫޖާ" ވެސް މި އަހަރުގެ ލައިން-އަޕްގައި ހިމެނެއެވެ. އާދަމް ޖޭ. ގްރޭވްސް ޑައިރެކްޓްކޮށް، މިންޑީ ކާލިންގ، ގުނީތް މޮންގާ ކަޕޫރު، އަދި އެހެން ފަރާތްތަކުން ޕްރޮޑިއުސްކޮށްފައިވާ މި ފިލްމުގައި ކިޔައިދެނީ ހުނަރުވެރި 9 އަހަރުގެ އަންހެން ކުއްޖެއްގެ ވާހަކައެވެ. އޭނާގެ ދައްތަ ޕަލަކްއާއެކު، އެކުދީންގެ ގުޅުން ޓެސްޓުކޮށް، ދުނިޔޭގެ އަންހެން ކުދިންގެ ދަތިތައް ދައްކުވައިދޭ ދިރިއުޅުން ބަދަލުކޮށްލައިފާނެ ފުރުސަތަކާ ކުރިމަތިލާން ޖެހެއެވެ. ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ވެސް ވަނީ މި ޝޯގެ އެގްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ޓީމާ ގުޅިފައެވެ.

"ޑައިނިން ވިތް ދަ ކަޕޫރްސް" އަކީ މި އަހަރު ނެޓްފްލިކްސްގައި ފެންނާނެ އަންސްކްރިޕްޓެޑް ޝޯއެކެވެ. މި ޝޯއިން ބޮލީވުޑްގެ އެންމެ މަޝްހޫރު އާއިލާއާ ބެހޭ ވާހަކަތައް ފެނުމުގެ ފުރުސަތު ލިބޭނެއެވެ. އާއިލާގެ މެންބަރުންގެ ނަޒަރިއްޔާތުން ބަލާއިރު، މި ހިތްގައިމު ވާހަކައިގެ މަގުސަދަކީ ފޭނުންނަށާއި މަންޒަރު ބަލާ މީހުންނަށް ކަޕޫރު އާއިލާ އެކުގައި އުޅެ ބޮޑުވުމުގެ ހަނދާންތަކާއި، ކާއެއްޗެހި ދެކެ ލޯބިވާ މިންވަރާއި، އަދި އާއިލާގެ ސިނަމާއާ އޮތް ގުޅުން ދެއްކުން ކަމުގައި އޯޓީޓީ ޕްލެޓްފޯމުން ބުންޏެވެ.

"ދަ ގްރޭޓް އިންޑިއަން ކަޕިލް ޝޯ ސީޒަން 3"، "ދަ ގްރޭޓެސްޓް ރައިވަލްރީ: އިންޑިއާ ވަރސަސް ޕާކިސްތާން"، "ދަ ރޯޝަންސް"، އަދި "ވީރު ދާސް ފޫލް ވޮލިއުމް" ފަދަ ޝޯތައްވެސް ކުރިއަށް އޮތްތަނުގައި ސްޓްރީމް ކުރެވޭނެއެވެ.