ފަސް އަހަރަށް ފަހު ޝެއިންގެ ވިޔަފާރި އިންޑިއާގައި ތައާރަފުކޮށްފިއެވެ.
އިންޑިއާގެ ވިޔަފާރި ކުންފުނި ރިލައެންސް ރީޓެއިލް އާ ގުޅިގެން އެ ގައުމަށް ޝެއިންގެ ވިޔަފާރި ފަށަން ނިންމާފައިވާއިރު މީގެ ފަސް އަހަރު ކުރިން އިންޑިއާއިން ވަނީ ޝެއިން މަނާކޮށްފައެވެ.
ރިލައެންސް ރީޓެއިލް އާ ހަވާލާދީ ނޫސްތަކުން ވަނީ އިންޑިއާގައި ޝެއިން އޮޕަރޭޓު ކުރުމުގެ ލައިސަންސް ލިބުމާއެކު އެ ކުންފުނީގެ އުފެއްދުންތައް އިންޑިއާގައި ވިއްކަން ފަށާނެ ކަމަށް ބުނެފައެވެ.
އިންޑިއާގައި ޝެއިންގެ ވިޔަފާރި ފަށަން ނިންމި ނަމަވެސް އަދި މިހާތަނަށް ޝެއިން އިން އެކަމުގައި ބަހެއް ބުނެފައެއް ނުވެއެވެ.
އިންޑިއާގެ ވިޔަފާރި މިނިސްޓަ،ރު ޕިޔޫޝް ގޯޔާލް މިދިޔަ އަހަރުގެ ޑިސެމްބަރުގައި ވަނީ ޝެއިން އިން އަލުން އިންޑިއާގައި ވިޔަފާރި ފަށާނަމަ ހަރުކަށި ގަވާއިދުތަކެއް ހަދާނެ ކަމަށާއި އޭގެ ތެރޭގައި ވިޔަފާރީގެ ބޮޑު ފައިދާ އިންޑިއާއަށް ލިބޭނެ ގޮތް ހަދަން ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
އިންޑިއާގައި ޝެއިން މަނާކޮށްފައިވަނީ 2020 ވަނަ އަހަރު އެ ގައުމުން ޗައިނާއަށް ނިސްބަތްވާ އެޕްތައް ބްލޮކް ކުރުމުގެ ތެރޭގައެވެ. އެގޮތުން ޝެއިންއާއި ޓިކްޓޮކްވެސް އިންޑިއާއިން ވަނީ މަނާ ކޮށްފައެވެ.
ޗައިނާގެ ބައެއް އެޕްތައް މަނާކޮށްފައިވަނީ އެ އެޕްތައް ބޭނުންކޮށްގެން ލީކުވާނެކަމުގެ ކަންބޮޑުވުން އިތުރުވުމުންނެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ