ކޮންމެ އެވޯޑް ސީޒަނެއްގައިވެސް ދެ ބާވަތެއްގެ މީހުން ތިބެއެވެ. އެއް ބަޔަކީ ވަރަށް ފުންކޮށް ވިސްނައި، ވަރަށް ސަމާލުކަމާއެކު އިނާމު ލިބުނު މީހުންނާއި އިނާމު ނުލިބުނު މީހުންގެ ލިސްޓުތައް ބަލާ މީހުންނެވެ. އަނެއް ބަޔަކީ ހަމަ އެ ވަރުގެ ފޯރިއަކާއެކު، ނަމަވެސް ހަމައެކަނި ވަރަށް އަގުބޮޑުކޮށް ތައްޔާރުވެގެން ރަތް ދޫލަމަތިން ފެންނަ މީހުންނަށް ސަމާލުކަން ދޭ މީހުންނެވެ.

މިއަހަރުގެ ގްރެމީގެ ރަތް ދޫލަ މަތީން އެންމެ ރީތިކޮށް ހެދުން އެޅި ޕޮޕް ތަރިންނަކީ މިއީއެވެ. މިއިން ކޮންމެ ތަރިޔަކީވެސް އަމިއްލަ ސްޓައިލް ޗާލުކޮށް ދައްކުވައިދިން ނަމޫނާއެކެވެ.

ޕޮޕް މިޔުޒިކްގެ ރާނީ، ޓޭލަރ ސްވިފްޓް ރަތް ދޫލަމަތިން ފެނުނީ ކޯސެޓެއްގައި، މުޅީން ސީކުއިން ޖަހާފައިވާ، އެއް ކޮނޑު ހާމަކޮށްލާފައިވާ ވިވިއަން ވެސްޓްވުޑްގެ ހެދުމެއްގައެވެ. އިންޓަނެޓުގައި މީހުން ކިޔާގޮތުގައި މިއީ 'ޗީފްސް ރެޑް' އެވެ. މިއީ އޭނާގެ ލޯބިވެރިޔާ ޓްރެވިސް ކެލްސީގެ ފުޓްބޯޅަ ޓީމަށް ރިފަރެންސް ދީފައިވާ ކުލައެކެވެ. އަދި އެހެން ރިފަރެންސެއް ކަމަށް ބެލެވެނީ އޭނާގެ ވައަތު ފައިގެ ކައިރިން ދަށަށް ދޫކޮށްލާފައިވާ 'ޓީ' އިނީޝިއަލް ޖަހާފައިވާ ފައިގެ ޗެއިނެވެ. އިސްތަށިގަނޑު ހުރީ ސޮފްޓް ކާލްސް ލުކެއްގައެވެ. އަރައިގެން ހުރީ ކަސަޑެއި ހީލްސް އަކަށެވެ. އޭނާގެ ސިގްނޭޗާ އިސްތަށިގަނޑާއި ރަތް ތުންފަތާއި އަދި އިތުރު ލޮރޭން ޝްވާޓްޒް ގަހަނާތަކުން މި ލުކް ފުރިހަމަކޮށްފައިވެއެވެ.

ސަބްރީނާ ކާޕެންޓަރާއި ޑިސްނީ ސެޓިން ހެދުމަކީ އެކުއެކީގައި ދާ ސްޓައިލެކެވެ. އައިސް ނޫ ކުލައިގެ ޖޮނަތަން އެންޑަސަންގެ ހޯލްޓަރ ހެދުމެއްގައި ފެނުނު ސަބްރީނާގެ މި ހާއްސަ ހެދުމުގެ ތަފާތަކީ އުނަގަނޑުގައާއި ފައިދަށުގައި ޖަހާފައިވާ އޮސްޓްރިޗް ފަތްތަކުގެ ޑީޓެއިލްތަކެވެ. އޭނާ އަޅާފައިވާ ހުރީ ޗޮޕާޑް ގަހަނާތަކެކެވެ. ޖުމުލަ 80 ކެރެޓްގެ ގަހަނާ އަޅާފައި ހުއްޓެވެ.

ވިންޓޭޖް ވަސާޗީއަކީ ހަމަޔަގީނުންވެސް އޮލިވިއާ ރޮޑްރިގޯގެ ސްޓައިލުގެ އަންހެން ކުއްޖެއްގެ ވައިބަށް ވަރަށް ރަނގަޅަށް ފެތޭ އެއްޗެކެވެ. މުޅިން ކަޅު ކުލައިގެ މި ކައުޗަރ ހެދުމުގެ ތުނި އަދި ހަނި ސިފަތަކުން އޭނާގެ އަމިއްލަ އެސްތެޓިކް، ރަތް ދޫލަމަތީގެ ފެންވަރަށް މަތިވެރިކޮށްދެއެވެ. ބަނޑުން ބައެއް ހާމަކޮށްލާފައިވާ، މި ގައުނުގެ ބުރިކަށި މުޅީން ހުސްކޮށް ދޫކޮށްލާފައިވެއެވެ. އަދި ހެދުމުގެ ކުރިމަތީގައިވެސް ވަރަށް ފުންކޮށް ކަނޑާލާފައިވާ ކަރުގެ ބައެއް ހުރެއެވެ. މި ލުކް ހާއްސަކޮށްދެނީ ކަރުގައި ހުރި ކަފް ކޮށްފައިވާ ގިރުވާނުގެ ތަފްސީލުންނެވެ. ބޭނުން ކޮށްފައިވަނީ ޓިފަނީ އެންޑް ކޯގެ ގަހަނާތަކެކެވެ. ބްލޯ ޑްރައި ކޮށްފައިވާ ކަޅު އިސްތަށިގަނޑަކީ އޮލިވިއާގެ މައިގަނޑު ސްޓައިލެކެވެ. އަދި ބަރގަންޑީ ކުލައިގެ ނެއިލް ޕޮލިޝްއަކީ ފަހުގެ ސްޓައިލެވެ.

މި އަހަރުގެ ގްރެމީގެ ރަތް ދޫލަމަތީގައި ޗާލީ އެކްސްސީއެކްސްގެ ވައިބަކީ ކޯސެޓް އެޅި ކައުޗަރ ހެދުމެކެވެ. މިއީ ސެކްސީ އަޅި ކުލައިގެ ޝިފޯން ހެދުމެކެވެ. ހެދުން ތަފާތުވެފައި ވަނީ ގިނަ ރޫބައިތަކެއް އަޅައިފައިވުމުންނެވެ. މި ޖީން ޕޯލް ގޯލްޓިއޭގެ ހެދުމުގެ މަތީބައިގައި ކޯސެޓް އަޅައި ހަނިކޮށްލާފައިވެއެވެ. ގްލެޑިއޭޓަރ ސްޓައިލްގެ ކަނޑާލާފައިވާ ބޫޓާއި، ބުޝެރަރ ފައިން ޖުވެލަރީއާއި، އޭނާގެ ސިގްނޭޗަރ ދެބައިކޮށް ޕާމްކޮށްފައިވާ އަދި ދެބައިކޮށް ވޭވްކޮށްފައިވާ އިސްތަށިގަނޑުން މި ލުކް ފުރިހަމަކޮށްފައިވެއެވެ.

މި އަހަރުގެ ގްރެމީގެ ރަތް ދޫލަމަތީގައި އަލަށް މަޝްހޫރުވަމުން އަންނަ ތަރި ޗަޕެލް ރޯން ވެސް ލައިގެން ހުރީ ޖީން ޕޯލް ގޯލްޓިއޭގެ ހެދުމެކެވެ. ނަމަވެސް މިއީ ޗާލީގެ ރީތި އަދި މަޑުމައިތިރި ވައިބަށްވުރެ ވަރަށް ބޮޑަށް ތަފާތު، އާދަޔާ ޚިލާފު އަދި ވިކްޓޯރިއަން ސްޓައިލްގެ ހެދުމެކެވެ. ކުލަތަކަކީ މަސްޓަޑް ރީނދުލާއި ދިއްލިފައިވާ ނޫ ކުލައެވެ. އަދި ޓެކްސްޗަރ ތަކަކީ ޕްރިންޓް ކޮށްފައިވާ ޝިފޯން އާއި ފަށަލަ ފަށަލައިގެ ރޫތަކެކެވެ.