ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްޝިން ޝިނަވަޓްރާ ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފިއެވެ.
ކުރީގެ ބޮޑުވަޒީރު ތަކްޝިން އެ ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދީފައި މިވަނީ ތައިލެންޑުގެ ކޯޓަކުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އުމުރުން 75 އަހަރުގެ ތަކްޝިން 8 އަހަރަށް ޖަލަށް ލާފައިވާއިރު އޭނާގެ މައްޗަށް ވަނީ ކޮރަޕްޝަން ހިންގެވުމާއި މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މަންފާ ހޯއްދެވިކަމުގެ ކުށް ސާބިތުވެފައެވެ.
ތައިލެންޑުގެ ކޯޓަކުން މި ހުއްދަ ދިނީ މިދިޔަ ހުކުރު ދުވަހު އެވެ. މިއީ ބައިނަލްއަގުވާމީ ގުޅުންތަކުގެ ސަބަބުން ދިން ލުޔެއް ކަމަށް ކޯޓުން ބުނެފައިވެއެވެ.
ކޯޓުން ވަނީ ތަކްޝިން އެނބުރި ގައުމަށް ވަޑައިގަންނަވާތާ ތިން ދުވަހުގެ ތެރޭގައި އެކަން އިދާރާތަކަށް އަންގަވަން ޖެހޭނެކަމަށްވެސް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ