ފާތިމާ ސަނާ ޝައިޚް ވަނީ 'އުލް ޖަލޫލް އިޝްޤް' ގެ މަސައްކަތަށް ވިޖޭ ވަރްމާއާ ގުޅިފައެވެ.
ލޯބީގެ މި ޑްރާމާގައި ވިޖޭއާއެކު މަސައްކަތްކުރުމުގެ ތަޖުރިބާއާ ބެހޭގޮތުން ފާތިމާ ވަނީ މީޑިއާއާ ވާހަކަދައްކައިފައެވެ. އޭނާ ބުނިގޮތުގައި ވިޖޭއަކީ މީހެއްގެ ހައިސިއްޔަތުން ވަރަށް ރިލެކްސްޑް މީހެކެވެ.
ސެޓްގައި ވަރަށް ގިނައިން މަޖާކުރާ ކަމަށާއި ޕްރޮފެޝަނަލެއްގެ ގޮތުން އޭނާއާއެކު މަސައްކަތްކުރަން ވަރަށް ފަސޭހަ ކަމަށް ސަނާ ބުންޏެވެ. ވިޖޭ އަކީ ގަޑިއަށް ފަރުވާތެރި އެކްޓަރެއް ކަމާއި ޑައިލޮގްތައް ވެސް ރަނގަޅަށް ދަސްކޮށްފައި ހުންނަކަން ފާހަގަކުރިއެވެ. އެހެންކަމުން އެކުގައި މަސައްކަތްކުރަން ފަސޭހަ ކަމަށްވެސް ބުންޏެވެ.
ފާތިމާ ވަނީ ވިޖޭގެ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފުކޮށް، ހާއްސަކޮށް އޭނާގެ ހުނަރުވެރިކަމަށް ތައުރީފުކޮށްފައެވެ.
ފާތިމާގެ އެކްޓިން ކެރިއަރުގެ ބޭރުން، އޭނާގެ ހިތުގައި ވަރަށް ފުން ލޯތްބެއް ކުރެހުމަށް، ހާއްސަކޮށް އެބްސްޓްރެކްޓް އާޓަށް އޮވެއެވެ. އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، އޭނާގެ ސްޓައިލަކީ އިންސްޓިންކްޓިވް ސްޓައިލެއް ކަމަށެވެ. ކޮލެޖުގައި އުޅުނުއިރު، ކުރެހުމުގެ ހުނަރު ލިބިފައިވާކަން އެނގުނު ކަމަށާއި އަދި އާޓްސް ކިޔަވަން ބޭނުންވި ކަމަށް އޭނާ ބުނެފައިވެއެވެ. އެއީ އޭރު ވަރަށް އަގުބޮޑު ކޯހެކެވެ. އެކަމަކު އިސްކުރީ އެކްޓިން ކަމަށާއި އެއީ ހާއްސަކޮށް ކުޑައިރުއްސުރެ އެކްޓްކޮށްފައިވާތީ ކަމަށް ބުންޏެވެ.
'އުލް ޖަލޫލް އިޝްޤް' ގެ ޝޫޓިން ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ 9 ވަނަ ދުވަހު، އަމްރިތްސަރުގަ އެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ވިބްހޫ ޕޫރީއެވެ. އަދި ޕްރޮޑިއުސްކުރަނީ ޑިޒައިނަރު މަނީޝް މަލޯތްރާ އޭނާގެ ކުންފުނި، ސްޓޭޖް5 ޕްރޮޑަކްޝަންސްގެ ދަށުންނެވެ. މި ފިލްމުގައި ގުލްޒާރު އަދި ވިޝާލް ބަރްދްވާޖްގެ މިއުޒިކްވެސް ހިމެނޭނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން