ފަސް އަހަރަށް ފަހު އިންޑިއާ އާއި ޗައިނާއާ ދެމެދު ފްލައިޓު ދަތުރުތައް ފަށަން ނިންމައިފިއެވެ.
ދެ ގައުމުގެ ދެމެދު ވައިގެ ދަތުރުތައް ފަށަން އިންޑިއާއިން އެއްބަސްވެފައިވާކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.
2020 ވަނަ އަހަރު އިންޑިއާއާއި ޗައިނާއާ ދެމެދު ހިމާލިއަން ބޯޑަރު ހިމެނޭ ސަރަހައްދުގައި ހިނގައިދިޔަ ހަމަނުޖެހުންތަކަށްފަހު ދެ ގައުމުގެ ގުޅުން ވަނީ ގޯސްވެފައެވެ.
އިންޑިއާ އާއި ޗައިނާގެ ކޯޅުން ބޮޑުވެ އިންޑިއާއިން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ޗައިނާގެ ކުންފުނިތަކުން އިންޑިއާފައި އިންވެސްޓު ކުރުން ދަތިކުރުމާއި ޗައިނާގެ އެޕްތައްވެސް ބޭނުންކުރުމުގައި ދަތިކޮށްފައިވެއެވެ.
އިންޑިއާ އާއި ޗައިނާގެ ގުޅުން ހަރުދަނާ ކުރުމުގެ މަސައްކަތުގައި ވޭތުވެދިޔަ ހަތަރު މަސް ތެރޭ ދެ ގައުމުގައި ބޭއްވިފައިވާ މަޝްވަރާތަކުގެ ސަބަބުން ވަނީ ގިނަ ކަންކަމަކަށް އެއްބަސްވެވިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނޫސްތަކުން ވަނީ ހުއްޓިފައި އޮތް ވައިގެ ދަތުރުފަތުރު އަލުން ފެށުމަށް ދެ ގައުމުން މަޝްވަރާކޮށް އެއްބަސްވުމަކަށް ވަނީ އައިސްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ