އިންޑިއާގައި ބޭއްވި އެއްވުމެއްގައި ފިތުމުގެ ސަބަބުން 30 މީހަކު މަރުވެއްޖެއެވެ.

އުތުރު އިންޑިއާގެ ސިޓީއެއްގައި ކުރިޔަށް ދިޔަ ހިންދޫ ފެސްޓިވަލެއްގައި ހިނގި މި ހާދިސާގައި 30 މީހަކު މަރުވިއިރު، އިތުރު 60 މީހަކަށް އަނިޔާވެ ފަރުވާ ދެމުން އަންނަކަމަށް އޮފިޝަލުން ބުނެއެވެ.

އިއްޔެ ހިނގި މި ހާދިސާގައި މަރުވި މީހުންނާއި އަނިޔާ ވި މީހުންގެ މައުލޫމާތު ހިއްސާކުރުމުގައި ސަރުކާރުން މަކަރު ހަދާފައިވާ ކަމަށްބުނެ އިންޑިއާގެ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިންޑިއާގެ ފުލުހުން ވަނީ އަނިޔާވެފައިވާ 90 މީހަކު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އޭގެތެރެއިން 30 މީހަކު މަރުވެފައިވާ ކަމަށް ބުނެފައެވެ. މަރުވި މީހުންގެ ތެރެއިން 25 މީހަކު ދެނެގަނެވިފައިވާކަމަށާއި އަނެއް ފަސް މީހުންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.