ދުވަހުން ދުވަހަށް ބޭނުންކުރާ ދަބަހަކީ އަހަރެމެންގެ ދިރިއުޅުމުގައި މުހިންމު އެއްޗެކެވެ. ބޭރަށް ނުކުމެ އުޅޭ އިރު، އަތުގައި ދަބަހެއް ނެތް އެއީ ފަޅުކަމެކެވެ.
އަވަސް ނަޒަރަކުން މިދިޔަ އަހަރަށް ބަލައިލާއިރު އެއީ ދަބަސްތަކަށް ވަރަށް މުހިންމު އަހަރެކެވެ. އީސްޓް-ވެސްޓް ދަބަސްތައް ޝައުގުވެރިކަން ހޯދިއެވެ. އޭގެ ތެރެއިން ގިނަބަޔަކު ގަޔާވީ އެއް ދަބަހަކީ ފްރޭޖާއިން ނެރުނު ރީތި ކެރޮލައިން ދަބަހެވެ. ބޮޑެތި ޓޯޓް ބޭގްތަކުގެ ވަގުތުވެސް މިދިޔަ އަހަރު އައެވެ. އެއީ ބަދިގެ ސިންކް ފިޔަވައި ހުރިހާ އެއްޗެއް އަޅައިލެވޭ ވަރުގެ ބޮޑެތި ދަބަހެވެ. އަދި ފެނިގެން ދިޔައީ ބޮޑެތި ކްލަޗް އަދި ބަކެޓް ބޭގްތައްވެސް މަގުބޫލުވެގެން ދިޔަ މަންޒަރެވެ.
މި ޓްރެންޑްތައް މިއަހަރުވެސް ދެމިހުންނާނެ ކަމަށް ބެލެވިފައިވާއިރު، މި އަހަރު އާ ސްޓައިލްތަކެއްގެ ފެންނާނެކަމަށް ސްޓައިލް ހަބަރުތައް ބުނެއެވެ. ބެލްޓް އަޅުވާފައި ހުންނަ ދަބަސްތަކާއި، ފްރިންޖް އަދި ސްޓަޑް ޑީޓެއިލިން، އަދި ދަބަސްތަކުގައި އިތުރު ދަބަސްތައް އެކްސެސަރީގެ ގޮތުގައި ހަރުކޮށްފައި ހުންނަ ދަބަސްތައް އޭގެ ތެރޭގައި ހިމެނޭނެއެވެ.
ބެލްޓް އަޅުވާފައި ހުންނަ ދަބަހަކީ އެސްއެސް25 ރަންވޭގައި އެންމެ ގިނައިން ފެނުނު އެއް ސްޓައިލެވެ. ޕްރާޑާ އާއި ބަލްމައިން އިން މި ދަބަސް ޓްރެންޑްގެ ފަހުރުވެރި ވާޝަންތަކެއް ތައާރަފުކުރި އިރު، އެލް.އެލް.ބީން ޓިބީ ބޯޓް އެންޑް ޓޯޓް އިން މިކަން ކުރީ ތަންކޮޅެއް އާންމު ގޮތަކަށެވެ. މިއަހަރު އެކީގައި މި ޓްރެންޑްގެ ދަބަސް ދެމިގެންދާނެ ކަމަށް ބެލެވިފައިވެއެވެ.
ފާއިތުވި މޫސުންތަކުގައި ސްޓަޑްތައް އަނެއްކާވެސް ސްޓައިލްގެ ތެރެއަށް ވަދެގެން އައިސްފައިވާކަން ފާހަގަކުރެވެއެވެ. އެސްއެސް25 ރަންވޭގައި ވެލެންޓީނޯ އަދި ބެލީ ފަދަ ޝޯތަކުގައި ވަރަށް ގިނަ ސްޓަޑްތައް ވަނީ ފެނިގެން ގޮސްފައެވެ. ފަހަކަށް އައިސް، އެކްހައުސް ލެޓާ އިން އެ ބޭފުޅުންގެ ފުރަތަމަ ދަބަސް (ރީތި ހަމުގެ ޓޯޓް ބެގެއް) ތައާރަފުކުރި އިރު އޭގައި ރިހީގެ ސްނެޕް ސްޓަޑްތަކެއް ޖަހާފައި ހުއްޓެވެ.
އީސްޓް-ވެސްޓް ދަބަސްތަކުގެ އެންމެ ވައްތަރު މި ރެކްޓޭންގަލް ދަބަސްތައް ހުންނަނީ ތަންކޮޅެއް ބޮޑުކޮށް އަދި އޭގެ ކަނުގައި ވަކި ސްޓްރަކްޗަރަކާ އެކުގައެވެ. މި ދަބަސް ބޮޑަށް ފެންނަނީ ރެޓްރޯ ސޫޓްކޭހެއް ނުވަތަ ބްރީފްކޭހެއް ކަހަލަ ގޮތަކަށެވެ. އޭގެ ސަބަބުން އެއްޗެހި އުފުލުމަށް އިތުރު ޖާގަ ލިބިގެންދާނެއެވެ. (ލެޕްޓޮޕް ނުވަތަ ޓެބްލެޓެއް ލެވޭވަރުގެ ޖާގަ) ހުރެއެވެ.
ޝައްކެއްނެތް ގޮތުގައި ގިނަ ބަޔަކަށް އެންމެ މަގުބޫލު ފެޝަން ޑީޓެއިލްތަކުގެ ތެރެއިން އެއް ޑީޓެއިލް ކަމަށްވާ، ފްރިންޖް މި އަހަރު އަނބުރާ އަންނާނީ އެންމެ ފެންވަރު ރަނގަޅު ގޮތުގައެވެ. އެއީ ޗްލޮއީ އަދި އިޒަބެލް މަރާންޓް ފަދަ މަތީ ފެންވަރުގެ ފެޝަން ބްރޭންޑްތަކުގެ ޑީއެންއޭގައި އަށަގެންފައިވާ ޑިޒައިން ޑީޓެއިލެއްކަމުން، މި އަހަރު ފްރިންޖްގެ ވަގުތު ދެމިގެންދާނެކަން ޔަގީން ކުރެވެއެވެ.
މިދިޔަ އޯޓަމްގައި ބޭގް ޗާމް ޓްރެންޑް މަގުބޫލުކަން ހޯދިއެވެ. މި އަހަރު ދަބަސްތަކުގެ މަތީން އިތުރު ދަބަސްތަކުން އެކްސެސަރައިޒް ކުރާނެކަމަށް ބެލެވިފައިވެއެވެ. އެއީ ޑަބަލް ބޭގް ޓްރެންޑް ފެންޑީ، ލުއި ވިޓޯން، މިއު މިއު، ވެލެންޓީނޯ، އަދި ބޮޓެގާ ވެނެޓާ އެސްއެސް25 ރަންވޭތަކުގައި ވަނީ ވަރަށް ފުރިހަމައަށް ފެނިގެންގޮސްފައެވެ. ކުޑަ ދަބަހެއް ބޮޑު ދަބަހަކާއެކު ލައިގެން ނުވަތަ މިނީ ބޭގެއް ދަބަހުގައި ހަރުކޮށްގެން އަމިއްލައަށްވެސް މިކަން ކޮށްލެވިދާނެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް