ޕްރިޔަންކާ ޗޯޕްރާ ވަނީ އިންސްޓަގްރާމް އެކައުންޓްގައި، އޭނާގެ ބޮލީވުޑް ދަތުރު ދައްކުވައިދޭ އިޝްތިހާރުތަކެއްގެ ސިލްސިލާއެއް ހިއްސާކޮށްފައެވެ.

އިއްޔެ، އޭނާ ކުރި މި ޕޯސްޓުގައި އެއިން ކޮންމެ ފިލްމަކީވެސް އޭނާގެ ހަނދާނުގައި ހާއްސަ މަގާމެއް ލިބިފައިވާ ފިލްމެއް ކަމަށް ބުނެފައިވެއެވެ. އެ ޕޯސްޓުގައި ހިމެނޭ ފިލްމު ތަކުގެ ތެރޭގައި ބަރްފީ، ދޯސްތާނާ، ޑޮން 2، ދިލް ދަޑަކްނޭ ދޯ، އަދި މޭރީ ކޮމް ހިމެނެއެވެ. އަދި މީގެ އިތުރުން އޭނާގެ ފުރަތަމަ ހޮލީވުޑް ސީރީޒް ކަމުގައިވާ ކުއަންޓިކޯވެސް ހިމެނެއެވެ.

އަމުލްއިން ވަނީ ޕްރިޔަންކާގެ މެޓް ގާލާގައި ފެނުނު ޗާލު ފެނުމަށް ހާއްސަ އިޝްތިހާރެއ ހަދާފައެވެ. އެ ގާލާގައި އޭނާ ވަނީ ރާލްފް ލޯރެންގެ ބްރައުން ޓްރެންޗް ކޯޓް ގައުނެއްގައި އެންމެންގެ ސަމާލުކަން ހޯދާފައެވެ.

މި އިޝްތިހާރު ހިއްސާކުރަމުން، ޕްރިޔަންކާ ވަނީ މިއިން އޭނާގެ ދަތުރަށް އަނބުރާ ބަލައިލެވުނު ކަމަށް ބުނެފައެވެ.

މި ޕޯސްޓަށް ފޭނުންގެ ކޮމެންޓްތައް ލިބިފައިވެއެވެ. ގިނަ ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށް، އޭނާއަކީ ހިތްވަރެއް ކަމަށް ބުނެފައެވެ. އަނެއްބައި މީހުން ވަނީ އޭނާގެ ކެރިއަރުގެ މުހިންމު ވަގުތުތަކަށް އަމުލްއިން ދިން ހުނަރުވެރި ޓްރިބިއުޓަށް ތައުރީފުކޮށްފައެވެ.

ޕްރިޔަންކާގެ ބޮލީވުޑް ދަތުރު ފެށުނީ އުމުރުން 18 އަހަރުގައި މިސް ވޯލްޑް 2000 ގެ ޝަރަފު ލިބުމުންނެވެ. އޭނާ ފިލްމީ ދާއިރާއަށް ވަދެ، ފުރަތަމަ ފަހަރަށް އެކްޓްކުރީ ތަމަޅަ ފިލްމު ތަމިޒާން (2002) ގައެވެ. އޭގެ ފަހުން އޭނާގެ ފުރަތަމަ ބޮލީވުޑް ފިލްމު ކަމުގައިވާ ދަ ހީރޯ: ލަވް ސްޓޯރީ އޮފް އަ ސްޕައި (2003) ގައި އެކްޓްކުރިއެވެ.

މި ފަންނާނަށް ބޮކްސް އޮފީހުގެ ކާމިޔާބީ ލިބުނީ އަންދާޒް އިންނެވެ. އޭގެ ފަހުން އޭނާ ވަނީ އޭތްރާޒް، ބަރްފީ، މޭރީ ކޮމް، 7 ޚޫން މާފް، ދިލް ދަޅަކްނޭ ދޯ އަދި ބާޖީރާއޯ މަސްތާނީ ފަދަ ފިލްމުތަކުން ބެލިންތެރިންގެ ތައުރީފު ހޯދާފައެވެ.

އިންޑިއާގައި ނަން މަޝްހޫރުވުމަށްފަހު، އޭނާ އެމެރިކާއަށް ބަދަލުވިއެވެ. ދެވަނަ ދައުރު ފެށީ ކުއަންޓިކޯ ޓީވީ ޝޯއިންނެވެ. އޭގެ ފަހުން ދަ މެޓްރިކްސް 4 އަދި ސިޓަޑެލް ފަދަ ބޮޑެތި ފިލްމުތަކާއި ޝޯތަކުގައި ފެނިފައިވެއެވެ. އޭނާ ކައިވެނިކޮށްފައިވަނީ ނިކް ޖޯނަސް އާއެވެ. އަދި އެ ދެމަފިރިންގެ މާލްޓީ ނަމަކަށް ކިޔާ އަންހެން ދަރިޔަކު ހުރެއެވެ.