އޭޝިއާގެ ގައުމުތަކުގައި ގިނަ މީހުނަށް އެނގެނީ ކޮރެއަން އަދި ޖަޕާނީ ސްކިންކެއާ ބްރޭންޑްތަކެވެ. މި ބްރޭންޑްތަކުގެ ޓޯނަރުތަކާއި ސީރަމްތައް ބިއުޓީ މާކެޓުގައި ވަރަށް މަޝްހޫރެވެ. ހުރިހާ ބާވަތެއްގެ ހަމަށް ވެސް ބޭނުންކުރެވޭ، އަދި އާދަޔާ ހިލާފަށް ރީތި އަދި ސާފު ހަމެއް ހޯދުމަށް ރަނގަޅަށް މަސައްކަތްކުރާ މި ބާވަތްތައް ފަހަކަށް އައިސް ވަނީ ވަރަށް މަގުބޫލުވެފައެވެ.

މި ސްކިންކެއާ ބްރޭންޑްތައް އާންމުކޮށް ހުންނަނީ ހުޅަނގުގެ ބްރޭންޑްތަކަށްވުރެ އަގުހެޔޮކޮށެވެ. ކޮލިޓީވެސް ރަނގަޅެވެ. އޭޝިއާގެ އަންހެނުންނަށް އަތްފޯރާފަށުގައެވެ. ނަމަވެސް، މި ދެ ބާވަތުގެ ތެރެއިން އެމީހެއްގެ ހަމަށް ރަނގަޅީ ކޮން ވައްތަރެއްތޯ ދެނެގަތުމަށް އަދިވެސް އުނދަގޫ އެބަވެއެވެ. އާންމު ބާވަތްތަކާ އެއް މަގުސަދުތަކެއް ހުރުމާއެކު، މި ދެ ބާވަތުގެ މައިގަނޑު ތަފާތުތައް ބަލައިލަމާ ހިނގާށެވެ.

ޖަޕާނުގެ ސްކިންކެއާ ނުވަތަ ޖޭ-ބިއުޓީ އުފެއްދުންތައް މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ފައިދާހުރި، ފެންވަރު ރަނގަޅު، އަދި ސާދާ ގޮތްތަކަށެވެ. ގިނަ މަރުހަލާތަކަކާއި ބަދަލުތަކެއް ހިމެނޭ ކޮރެއާގެ ސްކިންކެއާ ރެޖީމީއާ ހިލާފަށް، ޖަޕާނުގެ ސްކިންކެއާ އުފެއްދުންތައް ހުންނަނީ މަދު ބާވަތްތަކަކަށް ބަރޯސާވާ ގޮތަށް އަދި ފައިދާހުރި ނަތީޖާއެއް ނެރެދޭ ސާދާ މަރުހަލާތަކަކާ އެކުގައެވެ. އެ އުފެއްދުންތަކުގައި އާންމުކޮށް ހިމެނެނީ ތެތްކަން ދެމެހެއްޓުމުގެ ހައިސިއްޔަތު ހުންނަ ހަނޑުލެވެ. އަދި ހަމުގައި ފުރާނަ އަޅުވައިދޭ ހަޔަލޫރޮނިކް އެސިޑްވެސް ގިނައިން ހިމެނެއެވެ.

އެހެނިހެން ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ލަކުނުތަކާއި ޕޯސްތަތަކަށް ރަނގަޅު ވިޓަމިން ސީ އާއި، ކުލަ ބަދަލުވުމާއި ކަޅު ތަންތަނަށް ރަނގަޅު ޓްރެނެކްސެމިކް އެސިޑް، އަދި ހަން އަލިކޮށްދޭ އާބިއުޓިން އެވެ.

ދެ ފަހަރަށް ހަން ސާފުކޮށް، (މޫނު ދޮވެ) ލޯޝަން އާއި ޝީޓް މާސްކް އަޅައި، އެމަލްޝަން ކްރީމް ލުމަށްފަހު، ސަންސްކްރީން ހޭކުމުން މި ޕްރޮސެސް ނިމުނީއެވެ. ސަންސްކްރީނަކީ ޖޭ-ބިއުޓީ ސްކިންކެއާ ރެޖީމްގެ އެންމެ މުހިންމު ބައެވެ. އަދި އެއީ ހަމުގައި ހާކާ އެންމެ ފަހުގެ ރައްކާތެރިކަން ދޭ ފަށަލައެވެ.

ކޮރެއާ ނުވަތަ ކޭ-ބިއުޓީ އަށް ވަނީ ފަހަކަށް އައިސް ޖަޕާނުގެ ސްކިންކެއާ އަށްވުރެ ބޮޑަށް ސަމާލުކަން ލިބިފައެވެ. މިއީ ކޭ-ޕޮޕްގެ ބޮޑު މަގުބޫލުކަމުގެ ސަބަބުންނެވެ. ކޭ-ބިއުޓީގައި ހުންނަނީ މަޑުމައިތިރި ފޯމިއުލާތަކެކެވެ.

ކޭ-ބިއުޓީ ސްކިންކެއާ އުފެއްދުންތަކުގައި ހިމެނެނީ ހަމަށް އަރާމުދީ ފަސޭހަކޮށްދޭ ސީކާ އެވެ. އަދި ވިޓަމިން އޭ، އީ، އަދި ސީ އިން މުއްސަނދި ހަނޑުލު ފެނުގެ އެސެންސް ހިމެނެއެވެ. މިއިން ކަޅު ލަކުނުތައް ފިލުވައި ހަމުގެ ކުލަ އަލިކޮށްދެއެވެ.

މި އުފެއްދުންތަކުގައި އަދި ހިމެނެނީ ކޮލެޖެން އުފެއްދުން އިތުރުކޮށްދޭ ސްނެއިލްގެ ހިކި ދިޔަ، އަދި ވިޓަމިން ބީ3 ގެ ބާވަތެއް ކަމުގައިވާ ނަޔަސިނަމައިޑް އެވެ. މިއިން ހަމުގެ ލޯވަޅުތައް ކުޑަކޮށް، ތެޔޮ އުފެއްދުން ކޮންޓްރޯލް ކުރެއެވެ. އަދި އާންމު ގޮތެއްގައި ގަސްގަހާގެހީގެ ވަރަށް ގިނަ މާއްދާ ހިމެނެއެވެ. ކޮރެއާގެ ސްކިންކެއާ ރޫޓީނަކީ ބައެއް މީހުންނަށް ވަރަށް ބުރަ ކަމަކަށް ވެދާނެއެވެ. އެއީ މިކަން ފަށަނީ ތެލުން ސާފުކުރުމުންނެވެ.

ދެން ފެނުން ސާފުކުރާ ކްލެންސަރ އުނގުޅުމާއި އެކްސްފޯލިއޭޓަރ ހޭކުމާއި މަޑު ޓޯނަރެއް އުނގުޅުމާއި ވަރުގަދަ އަދި ހާއްސަ މޫނުގެ އެސެންސެއް ހާކައި، އެކްޓިވް ސީރަމް ހާކައި، މޫނު މާސްކް އަޅައި، ލޮލުގެ ކްރީމް ހާކައި، ލުއި މޮއިސްޗަރައިޒާ ހާކައި، އެންމެ ފަހުން ވަރުގަދަ އަދި ފައިދާހުރި ސަންސްކްރީނަކުން ނިންމާލަނީއެވެ.

ޖަޕާނުގެ ސްކިންކެއާ އަމާޒުކުރަނީ 'މޮޗި-ހަދާ' ނުވަތަ 'މޮޗި ހަން' ހޯދުމަށެވެ. އެބަހީ، ކުޑަކުއްޖެއްގެ ހަމެކޭ އެއްފަދަ މަޑުމައިތިރި، ސާފު، އަދި ދިރުންހުރި ހަމެކެވެ. މިއީ ޖަޕާނުގައި މަގުބޫލު ހަނޑުލުން ހަދާ ކޭކުތަކުން އިންސްޕަޔާ ވެގެން އައި އެއްޗެކެވެ.

އަނެއްކޮޅުން، ކޮރެއާގެ ސްކިންކެއާ އިން ބޭނުންވަނީ 'ބިއްލޫރި ހަން' ހޯދުމެވެ. މިއީ ވަރަށް ސާފު، އަދި އޮމާން ހަމެކެވެ. މިއީ ފެންފޮދުތައް އެޅިފައިވާ ކަހަލަ ޓެކްސްޗާއެއް ހުންނަ، ބިއްލޫރިއެކޭ އެއްފަދަ، ތެތްކަން ދެމެހެއްޓިފައިވާ އަދި ދިރުން ހުރި ހަމެކެވެ.

މި ސުވާލުގެ ޖަވާބު މައިގަނޑު ގޮތެއްގައި ބިނާވެގެންވަނީ ތިބާގެ ހަމުގެ އަމާޒަށެވެ. އެއާ އެއްގޮތަށް، ތިބާގެ އަމާޒު ހާސިލުކުރުމަށް އެހީތެރިވެދޭނެ ސްކިންކެއާ ރޫޓީނެއް އެކުލަވައިލެވިދާނެ އެވެ. ބޭނުންވަނީ މަދު އަސަރުތަކަކާއެކު ސާފު އަދި މަޑުމައިތިރި ހަމެއް ނަމަ، ޖަޕާނުގެ ސްކިންކެއާ އާއި ބްރޭންޑްތައް އިހުތިޔާރުކުރާށެވެ. ބޭނުންވަނީ ތެތްކަން ދެމެހެއްޓިފައިވާ ހަމެއް ނަމަ، ކޮރެއާގެ ސްކިންކެއާ އަކީ މައިގަނޑު އަމާޒު ކަމުގައި ހެދިދާނެއެވެ. އަދި ކޭ-ބިއުޓީ ބްރޭންޑްތަކާއި ރޫޓީންތައް ބޭނުންކުރަން މަސައްކަތްކުރެވިދާނެއެވެ.