ތެލުގެ އަގު ދަށްވެއްޖެނަމަ ރަޝިޔާ އާއި ޔޫކްރޭނު ހަނގުރާމަ ނިމޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގައި އިއްޔެ އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެއްޖެ ނަމަ، އެ ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށެވެ.
ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި މިހާރު ހުރި އަގުގައި ތެލުގެ އަގު ހުރިހާ ދުވަހަކު އެ ހަނގުރާމަ ނުނިމޭނެ ކަމަށް ވިދާޅުވެފައެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ ސައުދީގެ އިތުރުން އޯޕެކްގެ ގައުމުތަކުން ތެލުގެ އަގު ދަށްކުރުން މިދަނޑިވަޅުގައި ވަރަށް މުހިންމު ކަމަށް ފާހަގަކުރައްވައިފައެވެ.
ސްވިޒްލެންޑުގައި ކުރިޔަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު ބޮޑުވުމާ ބެހޭގޮތުން ޓްރަމްޕް ވާހަކަފުޅުދެއްކެވުމާ އެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށްވެފައެވެ.
އެގޮތުން އެމެރިކާގައި ސާފުނުކުރާ ތެޔޮފީފާއެއްގެ އަގުން 74.59 އެމެރިކާ ޑޮލަރު ދަށްވެފައިވާ އިރު، ދުނިޔޭގެ ބާޒާރުގައި ފީފާއަކުން 78.27 އެމެރިކާ ޑޮލަރު ދަށްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ