ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ތައިލެންޑުގެ ބޮޑުވަޒީރު ޕައޭޓޮންތާން ޝިނަވަޓަރާގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ވީޑިއޯއެއް ހަދައިފިއެވެ.
ތައިލެންޑުގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެ ގައުމަށް ޗައިނާއިން ފަތުރުވެރިން އިތުރުކުރުމަށް ވަނީ ގިނަ މަސައްކަތްތަކެއް ފަށައިފައެވެ.
ޗައިނާ ފަތުރުވެރިންނަށް ހާއްސަކޮށް ތައިލެންޑުގެ ބޮޑުވަޒީރުގެ އޭއައި ވީޑިއޯގައި ވަނީ ޗައިނާގެ މެންޑަރިން ބަހުން ވާހަކަދައްކަވައިފައެވެ.
އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް ހަދާފައިވާ އެ ވީޑިއޯ ވަނީ ތައިލެންޑުގެ ސަރުކާރުން ހިންގާ ރަސްމީ ފޭސްބުކް ޕޭޖުގައި ވެސް އާންމުކޮށްފައެވެ.
ދާދިފަހުން ތައިލެންޑާއި މިޔަންމާ ބޯޑަރުކައިރީ ތައިލެންޑު ފަޅީގައި ހަރަކާތްތެރިވި ޗައިނާ ފަތުރުވެރިންތަކެއް ރަހީނުކުރި ހާދިސާއަށްފަހު ތައިލެންޑަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ ނިސްބަތް މަދުވެދާނެކަން ފާހަގެވެ، އެ ގައުމުން ވަނީ އެކަމުގައި ފިޔަވަޅުތަކެއް އަޅައިފައެވެ.
ތައިލެންޑުގެ ބޮޑުވަޒީރުގެ އޭއައި ވީޑިއޯގައިވެސް ވަނީ އެކަން ފާހަގަކުރައްވައި، އެގައުމަށް އަންނަ ޗައިނާގެ ފަތުރުވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ