އެމެރިކާއާއި އަފްގާނިސްތާނުން ގައިދީންތަކެއް ބަދަލުކޮށްފިއެވެ.

އަފްގާނިސްތާނުގެ ތާލިބާން ސަރުކާރުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ވާގޮތުގައި އެގައުމުގެ ޖަލުތަކުގައި ތިބި އެމެރިކާ ރައްޔިތުން ވަނީ އެމެރިކާއާ ހަވާލުކޮށްފައެވެ.

ތާލިބާންގެ ފޮރިން މިނިސްޓްރީން އެގައުމުގައި ތިބި އެމެރިކާ ގައިދީން އެމެރިކާއަށް ހަވާލުކުރި ނަމަވެސް އެއީ ކޮން ބައެއް ކަމާއި ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އަފްގާނިސްތާނުގެ ޖަލުތަކުގައި ތިބި އެމެރިކާ މީހުން ދޫކޮށްލުމުގެ ބަދަލުގެގޮތުގައި އެމެރިކާއިން ވަނީ އެގައުމުގެ ކެލިފޯނިއާގެ ޖަލުގައި ހުރި އަފްގާނިސްތާނަށް ނިސްބަތްވާ ހާން މުހައްމަދު ދޫކޮށްލައިފައެވެ.

އަފްގާނިސްތާނުން ވަނީ ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަށް އައިސްފައިވަނީ ގަތަރު މެދުވެރިޔަކަށް ވެގެން ކަމަށާއި އެކަމުގައި އެމެރިކާއާ އެކު ގިނަ މަޝްވަރާތަކެއް ކުރިޔަށް ގެންދިޔަކަމަށް ބުނެފައެވެ.