ކުދި ގޭބިސީތަކަށް ހާއްސަކޮށްގެން މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ކުދި މަސްދަޅު ބާޒާރަށް ނެރެފިއެވެ.

މިފްކޯ އިން ކުރިން ނެރެމުން އަންނަނީ 180 ގުރާމްގެ މަސްދަޅެވެ. ތެލުގައި ބަންދު ކޮށްފައި (ޗަންކްސް އިން އޮއިލް) އަދި ފެނުގައި ބަންދު ކޮށްފައި (ޗަންކްސް އިން ބްރައިން) ވެސް އެ ސައިޒުގެ މަސްދަޅު އުފައްދައެވެ. އޭގެ މަސްދަޅެއް މިފްކޯއިން ވިއްކަމުން އަންނަނީ 17.5 ރުފިޔާއަށެވެ.

މިފްކޯ އިން މިދިޔަ ހަފުތާގެ ތެރޭގައި ބާޒާރަށް އަލަށް ނެރެފައިވަނީ 140 ގުރާމްގެ މަސްދަޅެވެ. ޗަންކްސް އިން އޮއިލްގައި ނެރޭ އެ މަސްދަޅު، މިފްކޯއިން ވިއްކަނީ 15 ރުފިޔާ އަށެވެ.

މިފްކޯއިން ބުނީ، އެ ސައިޒުގެ މަސްދަޅު ބާޒާރަށް ނެރެން ނިންމީ ދަޅުމަސް ކަނޑާފައި ބާކީ ބައި ފްރިޖުގައި ބެހެއްޓުމަކީ އެހާ ރަނގަޅު ކަމަކަށް ނުވާތީ ކުދި ގޭބިސީތަކަށް ހާއްސަކޮށްގެން އެއް ފަހަރު ބޭނުން ކުރެވޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ.