ޝޫޓިންއެއްގެ ތެރޭގައި ސީލިންގު ވެއްޓި އަރްޖުންއަށް އަނިޔާވެއްޖެ އެވެ. މި ހާދިސާގައި އަރްޖުންގެ އިތުރުން، ޖެކީ ބަގްނާނީ، އަދި ޑައިރެކްޓަރު މުދައްސަރް އަޒީޒް އަށްވެސް އަނިޔާވެފައިވާ ކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.
ބޮލީވުޑް ހަބަރުތަކުގައި ބުނެފައިވާ ގޮތުގައި، މި މީހުނަށް އަނިޔާވީ މުމްބާއީގެ ރޯޔަލް ޕާމްސްގައި ލަވައެއްގެ ސީކުއެންސެއް ޝޫޓްކުރަމުންދަނިކޮށް ސީލިންގު ވެއްޓިގެންނެވެ. އެ ހާދިސާގައި ސެޓުގައި ތިބި ކްރޫންނަށް ވެސް ވަނީ އަނިޔާވެފައެވެ.
ފެޑެރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނީ އެމްޕްލޯއީސްގެ އަޝޯކް ދުބޭ އާ ހަވާލާދީ ރިޕޯޓުތަކުގައިވަނީ މި ހާދިސާ ހިނގީ ސައުންޑް ސިސްޓަމްގެ ވައިބްރޭޝަންގެ ސަބަބުންކަމަށެވެ.
ޝޫޓް ކުރަމުންދިޔަ ލަަވައިގެ ކޮރިއޯގްރާފަރު ވިޖޭ ގަންގުލީ ބުނީ ގޮތުގައި ލަވައިގެ ޝޫޓިންގެ ފުރަތަމަ ދުވަސް ރަނގަޅަށް ނިމުނުކަމަށާއި ދެވަނަ ދުވަހު ހަވީރު 6 ޖެހުމާ ހަމައަށް ހުރިހާ ކަމެއްވެސް ރަނގަޅަށް ދިޔަކަމަށެވެ. މޮނިޓަރުގައި ތިއްބާ ކުއްލިއަކަށް ސީލިންގު ވެއްޓުނު ކަމަށާއި ނަސީބަކުން، ސީލިންގު ވެއްޓުނީ ބައިބަޔަށް ކަމުން ގިނަ ބަޔަކު ސަލާމަތް ވުމަށް މަގުފަހިވިކަމަށެވެ. މުޅި ސީލިންގު އެއްކޮށް ވެއްޓުނު ނަމަ، އެއީ ވަރަށް ނުރައްކާތެރި ކަމަކަށް ވީސް ކަމަށާއި ނަމަވެސް އެތައް ބަޔަކު މިހާރުވެސް ޒަހަމްވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.
އެ ޝޫޓިންގައި ބޫމީ ޕެޑްނޭކަރުވެސް ވަނީ ބައިވެރިވެފައެވެ. އެމީހުން ޝޫޓް ކުރަމުން ދިޔައީ ފިލްމު މޭރޭ ހަސްބަންޑް ކީ ބީވީގެ ލަވައެކެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން