ކަންގަނާ ރަނުއަޓްގެ 'އިމަޖެންސީ' މަނާކުރުމަށް ގޮވާލައިފައިވާ މި ދަނޑިވަޅެއްގައި، ޕަންޖާބުގެ އަމްރިތްސަރުގައި ހުރި ޕީވީއާރު ސުރާޖް ޗަންދާ ތާރާ ސިނަމާގެ ބޭރުގައި ގިނަ އަދަދެއްގެ ފުލުހުން ބައިތިއްބައިގެން ފިލްމު ރިލީސްކުރަން ނިންމައިފިއެވެ. އެއީ ޝިރޯމަނި ގުރުދުވާރާ ޕަރަބަންދަކް ކޮމިޓީ (އެސްޖީޕީސީ) އިން މި ފިލްމާ ދެކޮޅަށް އިހުތިޖާޖުކުރަން ނިންމުމާ ގުޅިގެންނެވެ.

ފިލްމު ރިލީސްކުރާތީ، އެސްޖީޕީސީން ވަރަށް ބޮޑަށް ދެކޮޅު ހަދާފައިވެއެވެ. އެ ކޮމެޓީން ގޮވާލާފައިވަނީ މި ފިލްމު ޕަންޖާބުގައި މަނާކުރުމަށެވެ.

އަމްރިޓްސަރުގެ އެސްއެޗްއޯ ބަލްޖިންދަރް ސިންގު އައުލަކް މީޑިއާއަށް ދިން ބަޔާނެއްގައި ބުނެފައިވަނީ، 'އިމަރޖެންސީ' ފިލްމުގެ ސްކްރީނިން ހުއްޓުވުމަށް އެސްޖީޕީސީން ގޮވާލުމާ ގުޅިގެން މިތަނުގެ (ސިނަމާ ހޯލެއްގައި) ސަލާމަތީ ކަންކަން ވަނީ ހަރުދަނާކުރެވިފައި ކަމަށެވެ.

އެސްޕީޖީސީގެ ރައީސް އެޑްވޮކޭޓް ހަރްޖިންދަރް ސިންގު ދަމީ ވަނީ ޕަންޖާބުގެ ވަޒީރުލްއައުލާ ބަގްވަންތް މަންއަށް ސިޓީއެއް ވެސް ފޮނުވައިފައެވެ. އެ ސިޓީގައި ބުނެފައިވަނީ މި ފިލްމަކީ "ސިކް މުޖުތަމައުގެ އަބުރު ގެއްލުވައިލުމުގެ މަގުސަދުގައި ސިޔާސީ ބޭނުމަކަށް އުފައްދާފައިވާ" އެއްޗެއް ކަމަށެވެ. އަދި ފިލްމު ރިލީސްކޮށްފި ނަމަ، އެސްޖީޕީސީން އެކަމާ ދެކޮޅަށް އިހުތިޖާޖުކުރާނެ ކަމަށެވެ.

އެހެންނަމަވެސް، މި ފިލްމު އަދިވެސް އޮތީ ރިލީސްކުރާގޮތަށެވެ.

މި މައްސަލައާ ގުޅިގެން ފިލްމުގެ ބަތަލާ ކަންގްނާ ރާނޮތަށް ވަނީ މަރުގެ އިންޒާރުވެސް ދީފައެވެ.