އަޖޭ ދޭވްގަންގެ 2012 ވަނަ އަހަރު ރިލީސްކުރި އެކްޝަން-މަޖާ ފިލްމު "ސަން އޮފް ސަރުދާރް" އަކީ މަގުބޫލުވެގެންދިޔަ ފިލްމެކެވެ. އެ ފިލްމުގައި ސޮނާކްޝީ ސިންހާ، އަރްޖަން ބަޖްވާ، ސަންޖޭ ދަތު އަދި ޖޫހީ ޗާވްލާ ވެސް މުހިންމު ރޯލުތަކެއް އަދާކޮށްފައިވެއެވެ.

ގިނަ އަހަރުތަކެއް ފަހުން، މި ފްރެންޗައިޒް އަލުން އުފައްދަން ހަމަޖެހިފައި މިވަނީ އަޖޭ މައިގަނޑު ރޯލަށް އެނބުރި އައުމާއެކު، އަންހެން ލީޑު ރޯލުގައި މްރުނާލް ތާކުރު އާއެކުގައެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު 25 ޖުލައި 2025 ގައި ސިނަމާތަކުގައި އަޅުވާން ވަނީ ހަމަޖެހިފައެވެ.

މި ސީކުއަލްގައި ސަންޖޭ ދަތު އޭނާގެ ރޯލު އަލުން އަދާކުރާނެ ކަމަށް ބޮލީވިޑް ހަބަރުތައް ބުނެއެވެ. މުކުލް ދޭވް އާއި ވިންދޫ ދާރާ ސިންގްވެސް އުޅޭނެއެވެ. ކާސްޓަށް އަލަށް އިތުރުވާ ތަރީންގެ ތެރޭގައި ކުބްރާ ސައިތް، ނީރޫ ބަޖްވާ، ދީޕަކް ދޮބްރިޔާލް، ޝަރަތް ސަކްސޭނާ، ރޮޝްނީ ވާލިއާ އަދި އަޝްވިނީ ކަލްސޭކަރް ހިމެނެއެވެ.

ވިޖޭ ކުމާރް އަރޯރާ ޑައިރެކްޓުކުރާ މި ފިލްމު ހުށަހަޅާނީ ޖިއޯ ސްޓޫޑިއޯސް އާއި ދޭވްގަން ފިލްމްސް އިންނެވެ. ޕްރޮޑިއުސްކުރާނީ އަޖޭ ދޭވްގަން އާއެކު ޖްޔޯތި ދޭޝްޕާންޑޭ، އެން.އާރް. ޕަޗީސިއާ އަދި ޕްރަވީން ތަލްރޭޖާ އެވެ. އަދި ކޯ-ޕްރޮޑިއުސް ކުރާނީ ކުމާރް މަންގަތް ޕަތަކް އެވެ.