މާދަމާ ހެނދުނު މާފަންނު ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ކުއްލިގޮތަކަށް މަސައްކަތެއް ކުރަން ޖެހިފައިވާތީ މާދަމާ 30 މިނެޓަށް ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ޑިސްޓްރިބުޝަން ގްރިޑްގައި ކުއްލިގޮތަކަށް މަސައްކަތް ކުރަން ޖެހިފައިވާތީ މާފަންނު ސަރަހައްދުން މާދަމާ ހެނދުނު 6:00 އިން 6:30 އަށް ކަރަންޓު ކެނޑިދާނެ ކަމަށާއި އެ މަސައްކަތަކީ އެ ކުންފުނީގެ ނެޓްވޯކް އަޕްގްރޭޑްކުރުމަށް ކުރާ މަސައްކަތެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ވަނީ، ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފައެވެ.