އެކްޓަރު ސައިފް އަލީ ޚާންގެ ގެއިން ވައްކަން ކުރަން ވަން މީހާ ވަޅިން ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށްފަހު ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އޭނާގެ ޓީމުން ބުނެފިއެވެ.
ސައިފުގެ ޓީމުގެ ފަރާތުން މިއަދު މެނދުރު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޮޕަރޭޝަން ނިމިފައިވާ ކަމަށާއި ސައިފް މިހާރު ނުރައްކަލުން ސަލާމަތްވެފައިވާ ކަމަށެވެ. އާއިލާގެ އެހެން މެންބަރުން ރައްކާތެރިކަން ކަށަވަރުކުރަން ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފުލުހުން މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
ސައިފްގެ ޓީމުން ޑޮކްޓަރުންނަށާއި ސަޕޯޓަރުންނާއި ހެޔޮއެދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ.
ސައިފަށް ފަރުވާދިން، ލީލަވަތީ ހޮސްޕިޓަލުގެ ސީއޯއޯ، ޑރ. ނިރާޖް އުއްތަމާނީ އާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައި ވާ ގޮތުން ސައިފްގެ ހަށިގަނޑުގައި ހަ ތަނެއް މި ހަމަލާގެ ސަބަބުން ޒަހަމް ވެފައި ހުއްޓެވެ. މީގެ ތެރޭގައި މައިބަދަ ކައިރިއަށް ލިބިފައިވާ އަނިޔާއަކާއި ކަރަށް ލިބިފައިވާ އަނިޔާއެއް ހިމެނެއެވެ.
ޑރ. ނިރާޖް ބުނެފައިވަނީ އޭނާގެ މައިބަދަ ކައިރިން އެއްޗެއް (ވަޅީގެ ރެނދުލާފައިވާ ބައެއް) ފެނި، އެ ނަގައިފައިވެއެވެ. އެ އެއްޗެހި ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް ވެސް ބުނެފައިވެއެވެ. ދެ އޮޕަރޭޝަނަށްފަހު މޮނީޓަރު ކުރުމަށް ސައިފް ބަދަލުކުރެވިފައިވަނީ އައިސީޔޫއަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
މި ހާދިސާ ހިނގީ ރޭ ދަންވަރު 2:30 ހާއިރު، ނޭނގޭ މީހަކު ސައިފް އަދި ކަރީނާގެ ގެއަށް ވައްކަންކުރަން ވަދެ އުޅުމުގެ ތެރޭގައެވެ. މި ގެ ހުންނަނީ މުމްބާއީގެ މުއްސަނދި ސަރަހައްދެއް ކަމަށްވާ ބާންދްރާގަ އެވެ.
މުމްބާއީ ފުލުހުންގެ މަސްދަރަކާ ހަވާލާދީ ބޮލީވުޑް ހަބަރުތަކުގައި ފާހަގަ ކޮށްފައިވަނީ، އެކްޓަރު އެ މީހާ ހުއްޓުވަން އަދި މައްސަލަ ހައްލުކުރަން މަސައްކަތްކުރި ހިނދު، އެ މީހާ ސައިފަށް ހަމަލާދީ އަނިޔާކޮށްފައިވާކަމަށެވެ.
މި ހަމަލާ ހިނގިއިރު ސައިފް އަދި ކަރީނާގެ އިތުރުން އެ މީހުންގެ ދެ ދަރިން - ތައިމޫރު އަދި ޖެހް - ވެސް ތިބީ ގޭގައެވެ. އެކްޓަރު ލީލަވަތީ ހޮސްޕިޓަލަށް ގެންދެވުނީ ދަންވަރު 3:30 ހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ އިބްރާހީމް އަލީ ޚާން އެވެ. އިބްރާހީމަކީ ސައިފްގެ ފުރަތަމަ ކައިވެނި، އެކްޓަރު އަމްރީތާ ސިންގަށް ލިބުނު ދަރިފުޅެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން