ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލާ ގުޅިގެން، މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން ކަމަށް އައްޔަން ކުރެއްވި ތ.ބުރުނީ ނިވައިދޮށުގެ މޫސާ ޒަމީރު އާއި، މިނިސްޓާ އޮފް ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަގާމަށް އައްޔަން ކުރެއްވި މ. ވެނީލާގެ ޑރ. އަލީހައިދަރު އަހުމަދު އާއި މިނިސްޓާ އޮފް އެގްރިގަލްޗާ އެންޑް އެނިމަލް ވެލްފެއާ ކަމަށް އައްޔަން ކުރެއްވި މ. މާރާދަގެ މަރިޔަމް މާރިޔާ އާއި މިނިސްޓާ އޮފް ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ ކަމަށް އައްޔަން ކުރެއްވި ގދ. ފިޔޯރީ ގުލްބަކާގެ ޑރ. އަބުދުﷲ މުއްތަލިބަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒުގެ ކެބިނެޓަށް ގެންނެވި ދެވަނަ ބަދަލުގެ ގޮތުގައި، މި ބަދަލު ގެންނެވީ މިދިޔަ ޑިސެމްބަރު މަހުގެ 26 ގައެވެ.
މި ބޭފުޅުންނަށް މަޖިލީހުން ރުހުން ދެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވައި ދެެއްްވީ، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއެވެ.
އެއާއެކު އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވިކަން މަޖިލިސް ރައީސް އިއުލާން ކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު