ސައުދީ އަރަބިއާއިން ޔުރޭނިއަމް ފައްކާކޮށް ވިއްކުމަށް ތައްޔާރުވާން ފަށައިފިއެވެ.
ސައުދީގެ ހަކަތަޔާއި ބެހޭ މިނިސްޓަރު އަބްދުލް އަޒީޒް ބިން ސަލްމާން ވަނީ އެގައުމުގައި ހުރި މައުދަނު ފައިސާއަށް ބަދަލުކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި އެގޮތުން ޔޫރޭނިއަމް ވެސް ފައްކާކޮށް ވިއްކުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ.
ހޯމަ ދުވަހު ސައުދީގެ ދަހްރާންގައި އޮތް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު އަބްދުލް އަޒީޒް ބިން ސަލްމާން ވިދާޅުވީ ސައުދީން ޔުރޭނިއަމް ވިއްކަން ނިންމައި، އެކަމުގެ ތައްޔާރީތައްވެސް ފައްޓާފައިވާ ކަމަށެވެ.
ހަކަތަ އުފެއްދުމަށް ބޭނުންކުރާ ނިއުކްލިއާ ރިއެކްޓަރުތައް ހިންގުމަށް ބޭނުންކުރާ ޔޫރޭނިއަމް އަކީ ނުރައްކާތެރި މައުދަނެކެވެ.
ސައުދީން މިހާރުވެސް ފަށާފައިވާ ނިއުކްލިއާ ޕްރޮގްރާމް އިތުރަށް ފުޅާކުރުމަށް އެ ގައުމުން ގިނަ ކަންތައްތަކެއް ރާވާފައިވާއިރު ޔޫރޭނިއަމް ފައްކާކުރުމަކީ ވެސް މީގެ ކުރިން ރާވާފައިވާ ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
ސައުދީން ޔޫރޭނިއަމާ ދިމާލަށް މިސްރާބު ޖެހި ނަމަވެސް އެކަމުގައި އެގައުމުން ހާސިލަކުރަން ބޭނުންވާ މަގުސަދާ ބެހޭގޮތުން ސުވާލުތައް ވަނީ އަމާޒުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ