ވާމިޤާ ގައްބީ ވަރުން ދަވާން އަދި ކީރްތީ ސުރޭޝްއާއެކު "ބޭބީ ޖޯން" އިން ފެނުނީއްސުރެ އިންޓަނެޓުގައި ވަނީ ވަރަށް ބޮޑަށް މަޝްހޫރުވެފައެވެ. އެ އެކްޓްރެސް އަކްޝޭ ކުމާރުގެ "ބޫތު ބަންގްލާ" ގައިވެސް މުހިންމު ރޯލަކުން ފެނިގެންދާނެއެވެ.

ފަހުގެ ރިޕޯޓުތަކުގައިވާ ގޮތުން ރަންވީރު ސިންގުގެ ޝަކްތިމާން ފިލްމުގައި އޭނާ ލީޑްރޯލުން ފެނިގެންދާނެއެވެ.

މި ފިލްމަކީ "މިންނަލް މުރަލީ" އިން މަޝްހޫރުވި ޑައިރެކްޓަރު ބަސިލް ޖޯސެފް ޑައިރެކްޓްކުރާނެ ފިލްމެކެވެ. ރަންވީރު ސިންގް ލީޑު ރޯލު އަދާކުރާ މި ޕްރޮޖެކްޓަކީ އިންޑިއާގެ މަޝްހޫރު ސުޕަހީރޯ ޝަކްތިމާންގެ ބޮލީވުޑް އިންސްޕިރޭޝަންއެކެވެ.

ރަސްމީ އިއުލާނެއް ކޮށްފައި ނުވިނަމަވެސް، މައުލޫމާތު ހިއްސާކުރާ ފަރާތަކުން ބުނެފައިވަނީ ފިލްމު އަދި ވަނީ ފެށުމުގެ މަރުހަލާގައި ކަމަށާއި، ޕްރީ-ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން ޑައިރެކްޓަރު ޖޯސެފް މުމްބާއީގައި ރަންވީރާއެކު ފިލްމުގެ ކިޔުންތަކާއި ބައްދަލުވުންތައް ބާއްވަމުންގެންދާކަމަށްވެސް ވެއެވެ.

ޝަކްތިމާންގެ ލިޔުމުގެ މަރުހަލާ ވަނީ 3 އަހަރަށްވުރެ ގިނަ ދުވަހު ކުރިއަށް ގޮސްފައެވެ. މި ފިލްމު ޕްރޮޑިއުސްކުރާނީ ސޯނީ ޕިކްޗަރސް އިންޑިއާ އަދި ސާޖިދް ނަދިއާދްވާލާ އެވެ. މިއީ 2026 ވަނަ އަހަރަށް ތައްޔާރުކުރެވޭ ވަރަށް މުހިންމު ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. ޝޫޓިން ފެށޭނެކަމަށް ލަފާކުރެވެނީ މިއަހަރުގެ މޭ މަހުގައެވެ.