ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެނަކު ހެކި ހުށަނާޅައިގެން ކުރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ސ. މަރަދޫ ސަލްޓަން ވިލާ ފާތުމަތު ނުޒުހާ ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ބަންދު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން، ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހުސާން އިއްޔެ ކުރި އަމުރުގައި ވަނީ، އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރި ސަބަބަކީ ކުށެއްގެ ތުހުމަތު ކުރެވޭ އެއްވެސް ހެއްކެއް ނުވަތަ އޭނާ ކުށެއް ކުރަން އުޅުނު ކަމަށް ބާރުދޭ ހެތްކެއްވެސް ބަންދުގެ މަޖިލީހަށް ހުށަހަޅާފައި ނުވާތީ ކަމަށެވެ.
އެ ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާ ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ. އަދި ފުލުހުން އޭނާއަށް ތުހުމަތު ކުރަނީ ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަށް މަސައްކަތް ކުރިކަމަށް، ނަމަވެސް އެކަމަށް ބާރުލިބޭ އެއްވެސް ހެއްކެއް ހުށަހަޅާފައިނުވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ޚަބަރު
ޚަބަރު