މިދިޔަ އާދީއްތަ ދުވަހު ބެވަރލީ ހިލްޓަންގައި ބޭއްވި 82 ވަނަ ގޯލްޑަން ގްލޯބް އެވޯޑްސްގައި ވަނަތައް ހޯދި ފަރާތްތަކަށް، އެމީހުންގެ ކާމިޔާބީގެ އަގު ވަޒަންކުރުމުގެ ގޮތުން، އަގުހުރި ހަދިޔާތަކަކުން ފުރިހަމަކުރެވިފައިވާ ހާއްސަ މުށި ސުއޭޑް ދަބަހެއް ހަވާލުކޮށްފައިވެއެވެ.
ރޮބް ރިޕޯޓުން މި ހަދިޔާ ދަބަހަށް ވަނީ 'ދުނިޔޭގެ އެންމެ އަގުބޮޑު ހަދިޔާ ދަބަސް' ގެ ނަން ދީފައެވެ. މި ދަބަހުގައި 25 އަށްވުރެ ގިނަ އުފެއްދުންތަކާއި ތަޖުރިބާތައް ހިމެނިފައިވާއިރު، މީގެ ޖުމުލަ އަގަކީ ކުރީ އަހަރުގެ ހަދިޔާ ދަބަހުގެ އަގުގެ ދެގުނައެވެ. މި ހަދިޔާ ދަބަސް ފަރުމާކުރެވިފައިވަނީ މަޝްހޫރު ޝަހުސިއްޔަތުތަކުގެ އެކި ބާވަތުގެ ޝައުޤގުވެރިކަމަށް ރިއާޔަތްކޮށެވެ. މީގެ ތެރޭގައި ދަތުރުފަތުރު، ކެއިންބުއިން، ފެޝަން، ޒީނަތްތެރިކަން އަދި އެހެނިހެން ދާއިރާތައް ހިމެނެއެވެ.
'ގޯލްޑަން ގްލޯބްސް' ޓެގަކުން ޒީނަތްތެރިކުރެވިފައިވާ ރަން ސިއްކައަކާއެކު، މުށިކުލައިގެ ސުއޭޑް ދަބަހަކީ ހަމައެކަނި ގޯލްޑަން ގްލޯބްސްއަށް ހާއްސަކޮށް އުފައްދާފައިވާ އެޓްލަސް ބެސްޕޯކް ވީކެންޑަރ ބޭގެކެވެ.
ދަބަހުގެ އިތުރުން، އެވޯޑް ލިބުނު ފަރާތްތަކަށް ރޮބް ރިޕޯޓުން އެކުލަވައިލައިފައިވާ ހަދިޔާ ކެޓަލޮގެއްވެސް ފޯރުކޮށްދެވުނެވެ. މި ކެޓަލޮގްގައި ދަބަހުގައި ހިމެނޭ އަގުބޮޑު ހަދިޔާތަކުގެ ތަފުސީލީ މައުލޫމާތު ހިމެނިފައިވެއެވެ. މިކަމުން މި ހާއްސަ ތަޖުރިބާގެ އަގު އިތުރަށް ބޮޑުވެގެން ދެއެވެ.
ހޮލީވުޑް ރިޕޯޓުތަކަށް ބަލާއިރު، އެވޯޑް ލިބުނު ފަރާތްތަކަށް ވަރަށް ގިނަ އަދަދެއްގެ ހާއްސަ ޗުއްޓީތަކެއްގެ އިހުތިޔާރު ދެވިފައިވެއެވެ. މި ޗުއްޓީތަކަކީ އަރާމުކުރުމަށާއި، އުފާވެރިކަން އިތުރުކުރުމަށާއި، އަދި ދަތުރުފަތުރުގެ ޝައުގު އުފެއްދުމަށް އެކަށޭނަ ތަޖުރިބާތަކެކެވެ. މީގެ ތެރޭގައި ހިމެނެނީ:
1. އިންޑޮނޭޝިއާގެ ކޮރަލް ޓްރަޔެންގަލްގައި ލަގްޒަރީ ޔޮޓް ދަތުރެއް
2. ނޯދަން ލައިޓްސް ބެލުމަށް ފިންލޭންޑަށް ޕްރައިވެޓް ފްލައިޓަކާއެކު ޗުއްޓީއެއް
3. އެންމެ އަގުބޮޑު އޮޕްޝަންގެ ގޮތުގައި ޓަރކްސް އެންޑް ކައިކޯސްގައި ގޮނޑުދޮށު ވިލާއެއްގައި ތިން ރޭ ހޭދަކުރުން (އަގު: 507,492 ޑޮލަރު)
މީގެ އިތުރުން، މި ދަބަހުގައި ލަގްޒަރީ ޒީނަތްތެރިކަމާއި ހަމުގެ ފަރުވާތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި:
- 40,000 ޑޮލަރުގެ ސަރޖަރީ ނުހިމެނޭ ސްޓެމް ސެލް ފޭސްލިފްޓެއް (އެކަކަށް)
- ބެވަރލީ ހިލްސްގެ މޭބޯން ހޮޓެލްގައި 1,400 ޑޮލަރުގެ އޮކްސިޖަން ފޭޝަލް (ވަނަ ލިބުނު 25 ފަރާތްތަކަށް)
އިތުރު ޒީނަތްތެރިކަމާއި ދުޅަހެޔޮކަމުގެ ޚިދުމަތްތަކުގެ ތެރޭގައި:
- 469 ޑޮލަރުގެ ކަރަންޓްބޮޑީ އެލްއީޑީ ލައިޓް ތެރަޕީ ފޭސް މާސްކް
- 935 ޑޮލަރުގެ ލާ ޕްރެއިރީ ޕިއުއަރ ގޯލްޑް ރޭޑިއަންސް ކޮންސެންޓްރޭޓް ސީރަމް
- 25,000 ޑޮލަރުގެ އަގުހުރި ފޯވަރޑް ސްޕޭސް އިން ފޯރުކޮށްދޭ ޚާއްސަކޮށްފައިވާ ޑާންސް އަދި ވޯކްއައުޓް ސެޝަންތައް
މި 1 މިލިއަން ޑޮލަރުގެ ދަބަހުގައި ހިމެނޭ މަތީ ފެންވަރުގެ އުފެއްދުންތަކާއި ތަޖުރިބާތަކުން، ވަނަތައް ހާސިލުކުރި ފަރާތްތަކަށް އެންމެ މަތީ ފެންވަރުގެ ތަޖުރިބާއެއް ލިބިގެންދާނެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް