"ޕުޝްޕާ 2: ދަ ރޫލް" ގެ ޕްރިމިއާ ހަފުލާގެ ތެރެއިން، އައްލު އަރްޖުންގެ ދެ ސަޕޯޓަރަކު މަރުވިތާ މަހެއް ފަހުން، ރާޖަމަންޑްރީގައި ބޭއްވި ރާމް ޗަރަންގެ ކުރިއަށް އޮތް ފިލްމު "ގޭމް ޗޭންޖާ" ގެ ޕްރީ-ރިލީސް އިވެންޓަށް ހާޒިރުވި އޭނާގެ ދެ ސަޕޯޓަރަކު ވެސް މަރުވެއްޖެއެވެ. އާންދްރަ ޕްރަދޭޝްގެ ޑެޕިއުޓީ ޗީފް މިނިސްޓަރު މުޚްތާރު ޕަވަން ކަލްޔާން ވެސް މި އިވެންޓުގައި ބައިވެރިވެވަޑައިގަތެވެ.

ފިލްމުގެ ޕްރޮޑިއުސަރު، ދިލް ރާޖު، ވަނީ މަރުވި މީހުންގެ އާއިލާތަކަށް 10 ލައްކަ ރުޕީސްގެ އެހީއެއް ދީފައެވެ.

ހާދިސާ ހިނގީ ކަކިންދާގެ ގައިގޮލުޕަދޫއަށް ނިސްބަތްވާ ދެ ސަޕޯޓަރުން ކަމުގައިވާ އަރަވާ މަނިކަންތާ އާއި ތޮކަދާ ޗަރަން، ރާޖަމަހެންދްރަވަރަމްގައި ބޭއްވި "ގޭމް ޗޭންޖާ" ގެ ޕްރީ-ރިލީސް އިވެންޓަށް ހާޒިރުވުމަށްފަހު ގެއަށްދިޔަ މަގުމަތީގައެވެ. އެމީހުން އިވެންޓަށް ހާޒިރުވީ އެމީހުންގެ އެކުވެރީންނާވެސް އެކުގައެވެ. އަދި ބައިސްކަލުގައި އެނބުރި ގެއަށް ދަނިކޮށް މަގުގެ އަނެއްކޮޅުން އައި ވޭނެއްގައި ޖެހުނެވެ. އެމީހުން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ލިބުނު އަނިޔާތަކުގެ ސަބަބުން ވަނީ މަރުވެފައެވެ.

"ގޭމް ޗޭންޖާ" ސިނަމާތަކުގައި ދައްކަން ފަށާނީ ޖަނަވަރީ 10 ވަނަ ދުވަހުއެވެ. ރާޖަމަންޑްރީގައި ބޭއްވި މި ފިލްމުގެ ޕްރީ-ރިލީސް އިވެންޓަށް ރާމް އާއި ޕަވަން ގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ހާޒިރުވިއެވެ.