މި އަހަރުގެ ގޯލްޑަން ގްލޯބްސްގެ ރެޑް ކާޕެޓް ވަނީ ފެޝަންގެ ރީތިކަމާއި ހިތްގައިމުކަމުން ފުރިފަވެ. ހޮލީވުޑްގެ އެންމެ މަޝްހޫރު ތަރިން މި ހަފުލާއަށް ހާޒިރުވެފައިވަނީ އެމީހުންގެ އަމިއްލަ ސްޓައިލްގައި، ސަމާލުކަން ހޯދައި، އާ ޓްރެންޑްތައް ފަށައިދީ، ނުވަތަ ޒަމާންވީ ކްލެސިކް ފެޝަން ދައްކުވައިދޭ ގޮތަށެވެ. އެމީހުން ލައިގެން ތިބީ ހިތްގައިމު ކުލަތަކާއި ރީތި ހެދުންތަކެވެ. ރެޑް ކާޕެޓްގައި ފެނިގެން ދިޔައީ ވިންޓޭޖް ހޮލީވުޑް ސްޓައިލުން ފެށިގެން މެޓަލިކް ޝީކް ސްޓައިލް ހިމެނޭ ގޮތަށް ގިނަ ފެޝަންތަކެކެވެ. އެންޑްރޫ ސްކޮޓް، އެންޖެލީނާ ޖޯލީ، ޒެންޑާޔާ އަދި މަޝްހޫރު އެތައް ތަރިންތަކެއް މި ހަފުލާއަށް ހާޒިރުވެފައިވަނީ އެފަދަ ރީތި އަދި ފަސޭހަކަމާއެކު ލާފައިވާ ކަހަލަ ސްޓައިލިޝް ހެދުންތަކެއްގައެވެ.
ޒެންޑާޔާއިން ފެށިގެން އެންޑްރޫ ގާފީލްޑާ ހަމައަށް، ރެޑް ކާޕެޓްގައި އެންމެ ރީތިކޮށް ހެދުން އަޅާފައި ތިބި ބައެއް ތަރީންނަށް އިތުރަށް ބަލައިލާނަމެވެ.
އަރިއާނާ ގްރާންޑޭ އޭނާގެ މަޝްހޫރު ޕޯނީޓެއިލް ސްޓައިލް ރެޑް ކާޕެޓަށް އަނބުރާ ގެނެސްދީފައިވެއެވެ. އޭނާ ލައިގެން ހުރީ 1960 ގެ އަހަރުތަކުގެ ސްޓައިލްގެ ޕޭލް ރީނދޫ ކުލައިގެ ގިވަންޗީ ގައުނަކާއި ހުދު އަންގިއެކެވެ. މި ހެދުމާއެކު އޭނާ ބޭނުންކޮށްފައިވަނީ ސްވަރޮސްކީ ކްރިސްޓަލްތަކެވެ.
އެންޑްރޫ ގާފީލްޑް ލައިގެން ހުރި ގަދަ ފެހި ކުލައިގެ ގުޗީ ސޫޓުން ހިތްތައް ތަޅުވާލާހައި ހިތްގައިމެވެ.
ޒެންޑާޔާ ވަނީ އޭނާގެ ސްޓްރެޕްލެސް ކޮޕާ ކުލައިގެ ލުއި ވިޓޯން ގައުނާ ގުޅޭގޮތަށް ރީތި ބޮބް ސްޓައިލެއްގައި އިސްތަށިގަނޑު ބަހައްޓާފައެވެ.
އެންޖެލީނާ ޖޯލީ މި އަހަރުގެ ގޯލްޑަން ގްލޯބްސްއަށް ދިޔައީ އޭނާގެ ދަރިފުޅު ޒަހާރާއާ އެކުގައެވެ. އޭނާ ލައިގެން ހުރީ އަތްދިގު، ސެކުއިންތަކުން ޒީނަތްތެރިކޮށްފައިވާ ރީތި ހެދުމެކެވެ.
"ވިކެޑް" ގެ ތަރި ސިންތިއާ އެރީވޯ ވަނީ ވަރަށް ރީތިކޮށް ފެނިގެން ގޮސްފައެވެ. އޭނާ ލައިގެން ހުރީ ކަޅު ކުލައިގެ ލުއި ވިޓޯން ގައުނެކެވެ. މި ގައުނުގައި ހިތްގައިމު، ރިހި ކުލައިގެ މާމެލާމެލީގެ ބްރޮކޭޑް ޕެޓާނެއް އަދި ޕެޕްލަމް ޑީޓެއިލްތަކެއް ހިމެނެއެވެ.
"ރިޕްލީ" ގެ އެންޑްރޫ ސްކޮޓް ވަނީ ޓިފަނީ-ނޫ ކުލައިގެ ސޫޓެއްގައި ފެނިގެން ގޮސްފައެވެ. އޭނާގެ މި ސްޓައިލުން ވެސް ހިތްތައް ވަނީ ހަމަ ތަޅުވައިލައިފައެވެ.
ޓިމޮތީ ޗަލަމެޓް ވަނީ އޭނާގެ ކަޅު ހެދުމާއެކު ކުލަ އިތުރުކޮށްލުމުގެ ގޮތުން ވަރަށް ރީތި ސްކާފެއް ބޭނުންކޮށްފައެވެ.
ކޭޓް ވިންސްލެޓް ކަޅު މާމެލާމެލި ޖަހާފައިވާ ހުދު ޕެންޓްސޫޓެއްގައި ވަރަށް ރީތިކޮށް ފެނިގެން ގޮސްފައިވެއެވެ.
ބޮޑީ ބިރުވެރި ފިލްމު "ދަ ސަބްސްޓަންސް" އަށް ނޮމިނޭޓްވެފައިވާ ޑެމީ މޫރް ވަނީ މެޓަލިކް ސިލްކް ގައުނެއްގައި ފެނިގެންގޮސްފައެވެ.
މައިލީ ސައިރަސް ވަނީ އޭނާގެ ޝީކް ކަޅު ސެލީން ގައުނަށް އެޖެއް އިތުރުކޮށް، ހިތްގައިމު ރީތިކަމެއް ގެނެސްދީފައެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް