މި ޖެނުއަރީ މަހު، އެންމެ ބޮޑަށް އިންތިޒާރުކުރެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސްކައި ފޯސް" ގެ ޓްރެއިލާ ރިލީސްކޮށްފިއެވެ.
ތާރީޚީ ވައިގެ ހަމަލާއެއްގެ ހާދިސާ ދައްކުވައިދޭ، އެކްޝަން ފިލްމު "ސްކައި ފޯސް" ގައި ލީޑުރޯލު އަދާކުރަނީ އަކްޝޭ ކުމާރެވެ. އޭނާއާއެކު ވީރު ޕަހަރިޔާ ވެސް ހިމެނެއެވެ. ބަތަލާގެ ރޯލުން ފެނިގެންދަނީ ސާރާ އަލީ ޚާން އެވެ.
ޓްރެއިލާއިން ހާމަވަނީ އިންޑިއާގެ ފުރަތަމަ އަދި އެންމެ ބިރުވެރި ވައިގެ ހަމަލާގެ މައްޗަށް ބިނާކޮށްފައިވާ ހިތްގައިމު ވާހަކައެކެވެ. މި ވާހަކައިން ދައްކުވައިދެނީ ޕާކިސްތާނަށް ހަމަލާދިނުމަށް ތައްޔާރުވަމުން އަންނަ އިންޑިއާގެ އެއާ ފޯހުގެ ހުއްޓުމެއްނެތް ފޯރިއެވެ. ބާރުގަދަ ޑައިލޮގުތަކާއި ހިތްގައިމު މިޔުޒިކާއެކު، މި ޓްރެއިލާއިން ފާހަގަކޮށްދެނީ ސިފައިންގެ ހިތްވަރާއި ގައުމީ ލޯތްބެވެ. ސާރާ އަދާކުރަނީ ވީރުގެ އަނބިމީހާގެ ދައުރެވެ. މިއީ ވާހަކައަށް އިހުސާސީ ފުންމިނެއް ގެނެސްދޭ ކަމެކެވެ.
ސަންދީޕް ކެވްލާނީ އާއި އަބީޝެކް ކަޕޫރު ޑައިރެކްޓްކޮށްފައިވާ "ސްކައި ފޯސް" އުފައްދާފައިވަނީ ދިނޭޝް ވިޖަން، އަމަރު ކައުޝިކް އަދި ޖޯތީ ދޭޝްޕާންޑޭ އެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން