ކިއާރާ އަދްވާނީ މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ޕްރޮޖެކްޓް "ގޭމް ޗޭންޖަރ" ރިލީޒް ކުރުމުގެ މަސައްކަތްތަކުގައި އަވަދިނެތި ބައިވެރިވަމުންނެވެ. އިއްޔެ މުމްބާއީގައި ބޭއްވި ޕްރޮމޯޝަނަލް ހަރަކާތެއްގައި އޭނާގެ ސްކްރީން ޕާޓްނަރު ރާމް ޗަރަންއާއެކު ބައިވެރިވުމަށް ހަމަޖެހިފައިވީ ނަމަވެސް، އެ ހަރަކާތަށް ކިއާރާއަށް ހާޒިރު ނުވެވުމާ ގުޅިގެން، އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމުގެ ހަބަރުތަކެއް ފެތުރުނެވެ. އެހެންނަމަވެސް، އޭނާގެ މެނޭޖްމަންޓް ޓީމުން ވަނީ މި ހަބަރުތައް ދޮގުކޮށްފައެވެ.
ކިއާރާގެ ޓީމުގެ ފަރާތުން ވާހަކަދެއްކި އިސް ފަރާތަކާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ބުނާގޮތުގައި، އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައެއް ނުވެއެވެ. ނަމަވެސް، މެދުކެނޑުމެއްނެތި މަސައްކަތްކުރުމުގެ ސަބަބުން ލިބިފައިވާ ވަރުބަލިކަމާ ގުޅިގެން، އޭނާއަށް ވަނީ އަރާމުކުރުމަށް ލަފާ ދީފައެވެ.
"ގޭމް ޗޭންޖަރ" އަކީ އެސް ޝަންކަރު ޑައިރެކްޓްކޮށްފައިވާ ތެލިނގު ބަހުގެ ސިޔާސީ އެކްޝަން ފިލްމެކެވެ. ރާމް ޗަރަންއާއި ކިއާރާގެ އިތުރުން، މި ފިލްމުގެ ތަރިންގެ ތެރޭގައި އަންޖަލީ، ސަމުތިރަކާނީ، އެސްޖޭ ސޫރްޔާ، ސްރީކާންތު، ސުނީލް އަދި އިތުރު ތަރިން ހިމެނެއެވެ. "ގޭމް ޗޭންޖަރ" ސިނަމާތަކުގައި ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.
"ގޭމް ޗޭންޖަރ" ގެ އިތުރުން، ކިއާރާ އަންނަނީ "ވޯރ 2" ގެ މަސައްކަތުގައިވެސް ހަރަކާތްތެރިވަމުންނެވެ. މި އެކްޝަން ތްރިލަރަކީ ޔާޝް ރާޖް ފިލްމްސްއިން އުފައްދާފައިވާ މަޝްހޫރު ސްޕައި ޔުނިވަރސްއަށް އޭނާ ތައާރަފުވާ ފިލްމެވެ. 2019 ވަނަ އަހަރުގެ ބްލޮކްބަސްޓަރ ހިޓް "ވޯރ" ގެ މި ސީކުއަލްގައި އޭނާ ފެންނާނީ ރިތިކް ރޯޝަންއާއި ޖޫނިއަރ އެންޓީއާރުއާ އެކުގައެވެ. އަޔާން މުކަރްޖީ ޑައިރެކްޓްކުރާ މި ފިލްމު ތިއޭޓަރުތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ 14 އޯގަސްޓް 2025 ގައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން