އެމެރިކާއިން 8 ބިލިއަން ޑޮލަރުގެ ހަތިޔާރު އިސްރާއީލަށް ވިއްކަން ނިންމައިފިއެވެ.
އެމެރިކާއިން އިސްރާއީލަށް ހަމގުރާމަމަތީ ހަތިޔާރު ވިއްކުމަށް ނިންމައި އެގައުމުގެ ޑިޕާޓްމަންޓް އޮދް ސްޓޭޓުން ވަނީ ކޮންގްރެހަށް އެކަން އަންގާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންގެ ދައުރު ހަމަވާން ކުޑަތަން ވެފައިވަނިކޮށް އިސްރާއީލަށް ހަތިޔާރު ވިއްކަން ނިންމާފައިވާއިރު އެމެރިކާއިން މީގެ ކުރިން ވަނީ އިސްރާއީލުން ގާޒާގައި އާންމުން މެރުމާއި އިންސާނިއްޔަތާ ހިލާފު ގިނަ އަމަލުތައް ހިންގުން ކުށްވެރިކޮށް އިސްރާއީލަށް މިލިޓަރީ އެހީވުން ހުއްޓާލަން ވެސް ނިންމާފައެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުވެސް އެމެރިކާއިން ވަނީ އިސްރާއީލަށް 20 ބިލިއަން ޑޮލަރުގެ އަގުހުރި ހަނގުރާމަމަތީ ޖެޓުތަކެއް ވިއްކުމަށް ނިންމާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. މިފަހަރު އިސްރާއީލަށް ވިއްކުމަށް އެމެރިކާއިން ހުއްދައަށް އެދިފައިވާ ހަތިޔާރުތަކުގެ ތެރޭގައި އެކި ބާވަތުގެ މިސައިލުތަކުގެ އިތުރުން ބޮމާއި ވަޒަން ވެސް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ހިންގަމުންގެންދާ ނަސްލު ނައްތައިލުމުގެ އަމަލުތަކަށް އެންމެ ބޮޑަށް އެހީތެރިވަނީ އެމެރިކާއެވެ. އެ ގައުމުން ވަނީ އދ ގައި އިސްރާއީލާ ދެކޮޅަށް ހުށަހަޅާ ހުރިހާ ބިލެއް ވީޓޯކުރުމުގެ ބާރު ބޭނުންކޮށް އެ ބިލުތަކުގެ ބާރު ކަނޑާލައިފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ