"އިންޑިއާ އައުޓް" ހަރަކާތަކީ މި ސަރުކާރުގެ ތާއީދު އޮތް ކަމެއް ނޫން ކަމަށާއި އެކަން ކުރިއަށްގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި މި ސަރުކާރުން ބޭނުންވަނީ އެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކަމަށެވެ.
މިނިސްޓަރު ވަނީ، އިންޑިއާ އައުޓް ހަރަކާތަކީ ރައީސް ޔާމީން ހިންގެވި ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
"މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅެއް [އިންޑިއާ އައުޓް] މޫމަންޓު ލީޑް ކުރެއްވީ. އެ މަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން. ހުންނެވީ ސަރުކާރާ ދެކޮޅަށް އިދިކޮޅުގައި މަސައްކަތް ކުރައްވާ ބޭފުޅެއްގެ ގޮތުގައި،" ހަލީލް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އިދިކޮޅުގައި ވެސް އަދި ސަރުކާރުގެ ތެރޭގައި ވެސް ސަރުކާރުން ގެންގުޅޭ ބައެއް ޕޮލިސީތައް ގަބޫލު ނުކުރާ ބަޔަކު އުޅެދާނެ ކަމަށާއި އެކަމުން ސަރުކާރާއި އިންޑިއާއާ އޮންނަ ގުޅުމަށް އަސަރެއް ނުކުރާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންޑިއާއާ ރާއްޖޭގެ ގުޅުން ގޯސްކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން އިންޑިއާ އިން ފަންޑުކޮށްގެން ހަރަކާތެއް ހިންގަން އުޅޭކަމަށް ބުނެ ވޮޝިންޓަން ޕޯސްޓުގައި މިދިޔަ ހަފުތާ ތެރޭގައި ލިޔެފައިވާ ލިޔުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު