ރާއްޖޭގައި ހައި އިމްޕެޓް ކޮމިއުނިޓީ ޑިވޮލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމަށް އިންޑިއާއާ އެކު ރާއްޖެއިން ސޮއިކޮށްފިއެވެ.
އެޗްއައިސީޑީޕީގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުރެއްވުމަށް ފަހުގައެވެ.
ޖެއިޝަންކަރު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަލީލްއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ތަރައްގީގެ އެއްބާރުލުމާއި އިގްތިސޯދީ، ސަލާމަތީ، ފިންޓެކް އަދި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުންތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
ޖެއިޝަންކަރު ވިދާޅުވީ އެޗްއައިސީޑީޕީގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމާ ބެހޭ އެއްބަސްވުމެއްގައި ވެސް ދެގައުމުން މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
އަދި އިންޑިއާގެ އަވަށްޓެރި ގައުމުތަކަށް އިސްކަންދޭ ސިޔާސަތު (އެސްއޭޖީއޭއާރު) ވިޝަންއާ އެއްގޮތްވާ ގޮތުގެމަތިން ރާއްޖޭގެ ކުރިއެރުމާއި ފާގަތިކަމަށް އިންޑިއާއިން ދެމި ހުންނާނީ ވަރުގަދަ އެހީތެރިއެއްގެ ގޮތުގައި ކަމަށް ޖެއިޝަންކަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު