ކަލީސްގެ "ބޭބީ ޖޯން" އަކީ އޭގެ މައިގަނޑު ތަރި، ވަރުން ދަވަންއަށް ވަރަށް އުއްމީދީ މަޝަރޫއެކެވެ. އޭނާ ބޭނުންވީ މި ފިލްމަކީ އެކްޝަން ފިލްމުގެ ތެރެޔަށް ވަނުމުގެ ފެށުމަކަށް ހެދުމަށެވެ. އޭގެ ސަބަބުން ބޮލީވުޑްގެ އޭ-ލިސްޓަށް ވުނުމުގެ ފުރުސަތު ހޯދުމަށެވެ.
ފާއިތުވި އަހަރުތަކުގައި ފެނިގެންގޮސްފައިވަނީ ކޮންމެ މީހަކުވެސް މާސް އެކްޝަން ޓްރީޓްމަންޓް ބޭނުންވާކަމެވެ. ޝާހުރުކް ޚާންއިން ފެށިގެން މަނޯޖް ބަޖްޕާއީއާ ހަމައަށް އެންމެނަށްވެސް މިކަން ލިބިފައިވެއެވެ. ނަމަވެސް "ބޭބީ ޖޯން" އެއްގޮތަކަށްވެސް ކާމިޔާބެއް ނުވިއެވެ. ފާޑުކިޔާ ފަރާތްތަކުގެ ހިތްހަމަޖެހުން މި ފިލްމަށް ހޯދުމުގައި ނާކާމިޔާބުވި އެވެ. ފޭނުންނާ ގުޅުމެއް ނުބޭއްވުނެވެ. ނަތީޖާއަކަށްވީ ބޮކްސް އޮފީހުގައި ބޮޑު ފްލޮޕަކަށް ވުމެވެ.
އަޓްލީގެ "ތޭރީ" ގެ ރީމޭކެއް (އުފެއްދުންތެރިން ބުނާގޮތުން އެޑަޕްޓޭޝަނެއް) ކަމުގައިވާ "ބޭބީ ޖޯން" ގެ ބައެއް ބައިތައް ހުރީ އަސްލު ފިލްމުގެ މަންޒަރުތައް މަންޒަރުން މަންޒަރަށް ކޮޕީއެކެވެ. އެހެން ބައިތަކުގައި، މި ފިލްމުން އާ އެއްޗެއް ނެރެން މަސައްކަތްކޮށްފައިވެއެވެ. މި ފިލްމުގެ މާކެޓިން އަދި ޕްރޮމޯޝަންތައްވެސް އެހާ ރަނގަޅު ނޫން ކަމަށް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ބޭނުންވާ ވަރުގެ ޝައުގުވެރިކަމެއް އުފެއްދުމަށް މަސައްކަތް ކުރެވިފައެއް ނުވެއެވެ. އޭގެ ނަތީޖާއަކަށް ވީ އޯޕަނިންގައިވެސް އެންމެ 12 ކްރޯޑު ރުޕީސް ލިބުމެވެ.
ގޯސް ރިވިއުތަކުގެ ސަބަބުން ނޭދެވޭ ވާހަކަތައް ފެތުރި، ފިލްމު ދިޔައީ ވެއްޓެމުންނެވެ. 8 ވަނަ ދުވަހާ ހަމައަށް، "ބޭބީ ޖޯން" އަށް އިންޑިއާގައި ލިބިފައިވަނީ އެންމެ 35 ކްރޯޑު ރުޕީސްއެވެ. އަދި މުޅި ދުނިޔޭގައި 47 ކްރޯޑު ރުޕީސް އެވެ. މި ފިލްމު އުފެއްދުމަށް 160 ކްރޯޑު ރުޕީސް ހޭދަކޮށްފައިވާއިރު، މިއީ ވަރަށް ދެރަވަރުގެ ނަތީޖާއެކެވެ.
ވިޔަފާރީގެ އެތެރޭގެ މައުލޫމާތު ލިބިފައިވާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ފިލްމުން ލިބޭނީ އެންމެ 60 ކްރޯޑު ރުޕީސްއަށްވުރެވެސް ދަށް އަދަދެކެވެ. މާނައަކީ އުފެއްދުންތެރީންނަށް 100 ކްރޯޑު ރުޕީސްގެ ގެއްލުމަކާ ކުރިމަތިވާނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން