ގަލޮޅު ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުން އެކްސްގައި މިރޭ ކުރި ޕޯސްޓެއްގައި ބުނީ އިއްޔެގެ ވަގުތެއްގައި ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނަގާފައިވާ ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ހޯދައި، އޭގެ ވެރިފަރާތާ ހަވާލުލޮށްފައިވާ ކަމަށެެވެ.
ފުލުހުން ބުނީ އެ ތަކެތި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާއެކު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.
ފުލުހުން އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި ވަގަށް ނެގި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮލަރާއި އިލެކްޓްރޯނިކް ސާމާނު ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު