ސަރުކާރުގެ ކުންފުނިތަކުން ލޯނު ނަގާ އިރު، ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެކުލަވާލާފައިވާ "ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނެގުމުގައި އަމަލުކުރާނެ ގޮތުގެ ގައިޑްލައިން" ގައިވާ ގޮތުން ލޯނު ނަގަން ބޭނުންވާ ސަރުކާރު ކުންފުނިތަކުން ގައިޑްލައިންގައިވާ ކަންކަން ފުރިހަމަކޮށް، ލޯނު ނެގުމަށް ކުންފުނީގެ ބޯޑުން ނިންމުމަށްފަހު އެކަން ހިއްސާދާރުންގެ ހުއްދައަށް އެދި ފޮނުވަންޖެހޭނެއެވެ.
އެ ގައިޑްލައިންގައި ބުނީ، ލޯނަށް ހުއްދަ ލިބުމުން ކުންފުނީގެ ބޯޑުން ލޯނު ނެގުމަށް ފާސްކުރާތާ ފަސް ދުވަހުގެ ތެރޭގައި ޕީސީބީއަށް އެކަން އަންގަންވާނެ ކަމަށެވެ.
އެ ގައިޑްލައިންގައި ބުނެފައިވަނީ "ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް" ގެ 22 ވަނަ މާއްދާއަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ބައްދަލުވުމުގައި ގެނެސްފައިވާ އިސްލާހުގެ ދަށުން އެ ކޯޑަށް އަމަލުކުރަންޖެހޭ ކުންފުނިތަކުން ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަކުރުުމަށްފަހު ހުއްދަ ހޯދުމަށް އެދި ފޮނުވާނީ ފިނޭންސް މިނިސްޓްރީއަށް ކަމަށެވެ،
އެ ގައިޑްލައިނާ އެއްގޮތަށް އެސްއޯއީތަކުން އަމަލު ކުރުމަށް ޕީސީބީން ވަނީ އެދިފައެވެ.
ޕީސީބީން އެ ގައިޑްލައިން އެކުލަވައިލީ، ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވެޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް، އިވެލުއޭޓް ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މަގުސަދުތައް ހާސިލުކުރުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު