ތ. ތިމަރަފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، ޖަހާމުގުރިގެ، އަހުމަދު އަމީން (36އ)، ތ. ތިމަރަފުށި، ސަލްވާ، އަހުމަދު ޝަހުދީ (38އ)، ކ. މާލެ، ވ. ވަވަތް، މުހައްމަދު ރައޫފް (54އ)، ތ. ތިމަރަފުށި، ގުލްބާކާވިލާ، އަބްދުﷲ އަޝްރަފް (39އ) އަދި ތ. ތިމަރަފުށި، ހިރި. އާސް އިބްރާހިމް (32އ) ކަމަށެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން އަބްދުﷲ އަޝްރަފާއި އާސް އިބްރާހިމް އަދި މުހައްމަދު ރައީފް ދިހަ ދުވަހަށް، އަހުމަދު އަމީން ހަތް ދުވަހަށް، އަހުމަދު ޝަހުދީ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ފަސް މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ "ވަން" އަށް ވިދާޅުވެފައިވަނީ ތިމަރަފުށި ގެޔަކަށް ފަސް މީހަކު ވަދެ މާރާމާރީ ހިންގި މައްސަލަ އިއްޔެ 13:27 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެއީ ދެ ބައެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއް ކަމަށާއި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އެ މާރާމާރީ ހިނގީ ކޮން ސަބަބަކާ ގުޅިގެންކަމާއި އެކަމުގެ އިތުރު ތަފްސީލެއް ވެސް ފުލުހުން އަދި ދީފައެއް ނުވެއެވެ.
އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު