އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.
އުމްރާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔައީ ޔަލަމްލަމް ޖަމާއަތުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ދިޔަ ހުސައިން މުހައްމަދު ދީދީ (63އ)، ޏ. ފުވައްމުލައް، ސްޓެއްލާ (ދޫނޑިގަން) އެވެ.
ހުސައިން މުހައްމަދު ދީދީ، އުމްރާއަށް ސައުދީ އަރަބިއްޔާގެ މައްކާއަށް ފުރީ އިއްޔެ މެންދުރުފަހުއެވެ. އޭނާ ގެއްލިގެން ޔަލަމްލަމް ޖަމާއަތުން މިއަދު ވަނީ ހޯދަން އިއުލާންކޮށްފައެވެ.
ޔަލަމްލަމް ޖަމާއަތުން މިރޭ ބުނީ ހުސައިން މުހައްމަދު ދީދީ މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު