އީޔޫގެ ގައުމުތަކުގައި ދެން ބޭނުންކުރެވޭނީ ޔޫއެސްބީ ސީ ޗާޖަރު ކަމުގައި ކަނޑައަޅައިފިއެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގައި ބޭނުންކުރެވޭނީ ހަމައެކަނި ޔޫއެސްބީ ސީގެ ޗާޖަރުތަކަށް ކަމަށް ކަނޑައެޅުމާއެކު އީޔޫގެ ހުރިހާ ގައުމުތަކަކަށް އިލެކްޓްރޯނިކް އުފެއްދުންތައް ސަޕްލައިކުރާ ފަރާތްތަކުން އެ ގަވައިދަށް އަމަލުކުރުން ލާޒިމް ވާނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އާ ގަވާއިދުގެ ދަށުން އީޔޫއަށް މީގެ ފަހުން ބޭނުންކުރުން ހުއްދަ އޮންނާނީ ޔޫއެސްބީ ސީ ޗާޖަރު ހިމެނޭ ސްމާޓުފޯނާއި ޓެބްލެޓްގެ އިތުރުން ކެމެރާ އަދި އެހެނިހެން އިލެކްޑްރޯނިކް އާލާތްތަކެވެ.

އީޔޫ އިން ވަނީ އެ ގަވާއިދުގެ ބޭނުމަކީ ގައުމުތަކުގައި އެއްބާވަތެއްގެ ޗާޖަރު ހުރިހާ ކަމަކަށް ބޭނުން ކުރުމަށް ބާރު އެޅުވުމުގެ އިތުރުން އިލެކްޓްރޯނިކް ކުނި މަދުކުރުން ކަމަށް ފާހަގަކޮށްފައެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން އެ ގަވައިދު ހަދާފައިވަނީ 2022 ވަނަ އަހަރުއެވެ ނަމަވެސް އެ ގަވާއިދަށް އަމަލު ކުރުމަށް ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރު 28 ވަނަ ދުވަހުން ފެށިގެންނެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ އާ ގަވާއިދަށް އަމަލުކުރުމުގައި އިތުރު ވަގުތު ދީފައިވަނީ ލެޕްޓޮޕް އުފައްދާ ފަރާތްތަކަށް އެކަންޏެވެ. ލެޕްޓޮޕް އުފައްދާ ފަރާތްތަކަށް އެ ގަވާއިދަށް އަމަލުކުރަން ޖެހޭނީ 2026 ވަނަ އަހަރުން ފެށިގެންނެވެ.