އަޒަރްބައިޖާނުގެ ފްލައިޓު ވެއްޓުނީ ރަޝިޔާގެ އެއާ ޑިފެންސް ސިސްޓަމުން ދިން ހަމަލާއަކުން ކަމަށް ރޮއިޓާސް އިން ބުނެފިއެވެ.
ބުދަ ދުވަހު 69 މީހުންނާއެކު ދަތުރުކުރި އަޒަރުބައިޖާނުގެ އެފްލައިޓު ވެއްޓިފައިވަނީ އިމަޖެންސީއެއް މެދުވެރިވެ ކަޒަކިސްތާނުގެ އަކްޓައު ސިޓީއަށް ޖައްސަން މަސައްކަތް ކުރަނިކޮށެވެ.
ފްލައިޓު ވެއްޓުނު ހާދިސާގެ ތަހުގީގު ފަށާފައިވާއިރު މިހާތަނަށް ތަހުގީގަށް ހާމަވެފައިވާ މައުލޫމާތުތަކުން ފްލައިޓަށް ރަޝިޔާގެ އެއާ ޑިފެންސް ސިސްޓަމްގެ ހަމަލާއެއް އަމާޒުވެފައިވާކަމަށް ތަހުގީގު ކުރާ ޓީމުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސް އިން ވަނީ ރިޕޯޓުކޮށްފައެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ޕަންޓްސާ އެސް އެއާ ޑިފެންސް ސިސްޓަމުން ހަމަލާދިނުމުގެ ކުރިން ފްލައިޓުގެ ކޮމިއުނިކޭޝަން ޖޭމްކޮށް އެ ސިސްޓަމް ފެއިލި ކޮށްލައިފައިވެއެވެ.
ރޮއިޓާސް އިން އެގޮތަށް ރިޕޯޓު ކުރި ނަމަވެސް އަޒަރްބައިޖާނުން އަދި މިހާތަނަށް ފްލައިޓު ވެއްޓުނު ސަބަބާ ގުޅޭ ގޮތުން ރަސްމީކޮށް ވާހަކަދައްކައިފައެއް ނުވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ