އިމްރާން ހާން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކުރި 25 މީހަކު ޖަލަށް ލައިފިއެވެ.
ޕާކިސްތާނުގެ މިލިޓަރީ ކޯޓަކުން މި 25 މީހުންނަށް ހުކުމް ކޮށްފައިވަނީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރުގެ ޖަލުން މިނިވަން ކުރުމަށް ގޮވާލައި ކުރިޔަށްގެންދާ މުޒާހަރާތަކުގައި އަމަން ނަގާލަން މަސައްކަތް ކުރުމުގެ ކުށުގައި ކަމަށް އެގައުމުގެ މިލިޓަރީން ބުނެއެވެ.
މި 25 މީހުންނަށް އައިސްފައިވަނީ އެކިވަރުގެ ހުކުމެވެ. މުއްދަތުތައް ހުރީ ދެ އަހަރާއި 25 އަހަރާ ދެމެދުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. 2023 ވަނަ އަހަރުގެ މެއި މަހު އިމްރާން ހާން ހައްޔަރުކޮށް ޖަލަށް ލުމާއެކު އިދިކޮޅުން ވަނީ މަގުތަކަށް ނިކުމެ މުޒާހަރާތައް ކުރަން ފަށާފައެވެ.
މިފަހުން ކުރަމުންދިޔަ މުޒާހަރާތައް ހޫނުވެ ސަރުކާރުގެ އިމާރާތްތަކާއި މިލިޓަރީ ސަރަހައްދުތަކަށް ގެއްލުން ދޭން ފެށުމުން ސަރުކާރުން ވަނީ މިލިޓަރީ ބޭނުންކޮށްގެން ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
މިދިޔަ އަހަރު އެކަނިވެސް 1400 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު 100 އަށްވުރެ ގިނަ މީހުންނަށް އެ ގައުމުގެ މިލިޓަރީ ކޯޓުން ހުކުމްކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ